ހަބަރު

ހުޅުމާލޭގައި ޒުވާނެއްގެ އަށް ތަނަކަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

Aug 7, 2018
2

ހުޅުމާލޭގައި މިއަދު ވެސް ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ. މިއަދު ޒަހަމްކޮށްލީ 25 އަހަރުގެ ޒުވާނެކެވެ.

އޭނާއަށް ފުރަތަމަ ފަރުވާދިން ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އާސިޔާ ސޯލިހު ވިދާޅުވީ، މިއަދު ހެނދުނު 7:10 ހާއިރު އެ ހޮސްޕިޓަލަށް ޒަހަމްކޮށްލާފައިވާ ޒުވާނަކު ގެނައި ކަމަށެވެ.

ފުލުހުން އެ ޒުވާނާ އެ ހޮސްޕިޓަލަށް ގެނައިރު އޭނާގެ އަށް ތަނަކަށް ވަޅި ހަރާފައިވާ ކަމަށް އާސިޔާ ވިދާޅުވި އެވެ.

އޭނާ މިއަދު 11:30 ގައި ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށާއި އޭރު އޭނާ ގެހާލު ސްޓޭބަލް ކަމަށް ވެސް އާސިޔާ ވިދާޅުވި އެވެ.

މި ދެ ހަފުތާގެ ތެރޭގައި ހުޅުމާލޭގައި ގިނަ މާރާމާރީތަކެއް ހިނގާފައިވެ އެވެ. ނަމަވެސް އެ މާރާމާރީތަކާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ނުބުނެ އެވެ.