ހަބަރު

ސައިކަލެއް ކޮންޓްރޯލް ނުވެ، ރެޑްވޭވްގެ ތެރެއަށް

Aug 9, 2018
9

ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން، މަޖީދީމަގުގައި ހުންނަ ރެޑްވޭވް ފިހާރައިގެ ތެރެއަށް ވަދެއްޖެ އެވެ. ބިއްލޫރިގަނޑު ތަޅައިގެން ގޮސް މީހާއާއެކު ވަނތް ސައިކަލް އޮތީ ފިހާރައިގެ ރެކްތަކުގެ ކައިރީގަ އެވެ.

މަންޒަރު ދުށް މީހަކު ބުނީ، އަންހެނަކު ދުއްވި އެ ސައިކަލް ރެޑްވޭވްފެ ފިހާރައިގެ ތެރެއަށް ވަދެގެން ދިޔައީ ޕާކު ކުރަން އުޅެނިކޮށް ރޭސް ދެވި އޭނާއަށް ސައިކަލް ކޮންޓްރޯލް ނު ކުރެވިގެން ކަމަށެވެ. މިހާދިސާގައި އަންހެން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އޭނާ މިހާރު ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ޒަހަމްތަކުގެ ބޮޑު މިނާއި ސިރިއަސްކަން އަދި ސާފެއް ނުވެއެވެ.

ފުލުހުން ބުނީ އެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް މިވަގުތު އިތުރު މައުލޫމާތު ހިއްސާ ކުރެވެންނެތް ކަމަށެވެ.