ހަބަރު

ހުޅުމާލޭގައިި އެކްސިޑެންޓެއް ހިނގައި، އެކަކު ސީރިއަސް ހާލުގައި

Aug 9, 2018

ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އެކަކަށް ސީރިއަސް އަނިޔާވެ، ފަރުވާދޭން ފަށައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ، މިއަދު ހެނދުނު 8:40 އެހާއިރު ހިނގި އެކްސިޑެންޓްގައި އަނިޔާ ވެފައި ވަނީ 41 އެއް އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އޭނާގެ ބޮލަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އޭނާއަށް ވަގުތުން އެ ހޮސްޕިޓަލްގައި ފަރުވާދީފައިވާ ކަމަށެވެ.

އޭނާގެ ހާލު އިތުރަށް ސީރިއަސްވެ، އިތުރު ފަރުވާއަށް އޭޑީކޭއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 10:45 އެހާއިރު ކަަމަށް ވެސް އާސަންދައިން ބުންޏެވެ.

ފުލުހުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެ އެވެ.

މިދިޔަ މަހުވެސް ވަނީ ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެފަ އެވެ.