ހަބަރު

ވަގު ޑޮލަރުތަކަކާއެކު ލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފި

Aug 10, 2018
5

ގިނަ އަދަދެއްގެ ފޭކު ޑޮލަރުތަކަކާއެކު ފުރަން އުޅުނު ދިވެއްސަކު ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓައިފި އެވެ. އޭނާ ހިފަހައްޓާފައިވަނީ ލަންކާގެ އެއާޕޯޓުގައި ހަރަކާތްތެރިވަމުންދިޔަ އެގައުމުގެ ނާކޮޓިކް ބިއުރޯގެ ފުލުހުންނެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ފޭކު ޑޮލަރުތަކާއެކު ހައްޔަރުކޮށްފައިވަނީ އުމުރުން 49 އަހަރުގެ ދިވެއްސެކެވެ. އޭނާގެ އަތުގައި އޭރު 8000 ޑޮލަރުގެ ފޭކު ނޫޓް ހުރިކަމަށާއި އެތަކެތި ފެނުނީ އޭނާ ލައިގެން ހުރި ފަޓްލޫނުގެ ތެރެއިން ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މީހާ މިހާރު ވަނީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި އެގައުމުގެ އެއާޕޯޓް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

ފޭކު ޑޮލަރު ސްމަގްލް ކުރަން އުޅުނު ދިވެއްސަކު ލަންކާއިން ހިފަހައްޓާފައިވާއިރު މިދިޔަ މެއި މަހު ވެސް އެ ގައުމުން ވަނީ ގިނަ އަދަދެއްގެ ޑްރަގާއެކު ވެސް ދިވެއްސަކު ހައްޔަރުކޮށްފަ އެވެ.