ހަބަރު

ހައްޖު ދުވަަހަކީ މި މަހު 20 ވަނަ ދުވަސްކަމަށް ކަނޑައަޅައިފި

Aug 11, 2018

ހައްޖު ދުވަހަކީ މި މަަހު 20 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ނިންމާ އެކަން އިއުލާންކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ ފަރާތްތަކުން ހަނދު ސާބިތުކޮށްފައިވާ ކަމަށާއި އެގޮތުން މާދަމާއަކީ ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަސް ކަމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ހައްޖު ދުވަސް ވާނީ މި މަހުގެ 20 ވަނަ ދުވަހަށް ކަމަށް އޮސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.

މި އަހަރުގެ ކަލަންޑަރުގައި ވެސް ހައްޖު ދުވަސް ގޮތުގައި ލަފާކޮށްފައި ވަނީ ވެސް މި މަހުގެ 20 ވަނަ ދުވަހެވެ.