އާސެނަލް

އާ ކޯޗެއް، ނަމަވެސް ތަފާތެއް ނުފެނުނު

އާސެނަލްގެ ޓަނަލްގެ ތެރެއިން އާ ކޯޗް އުނައި އެމެރީ ނިކުމެގެން ދިޔަ އެވެ. އެއް ޖީބަށް އަތް ޖަހާލައިގެން، އަނެ އަޮތް ދޫކޮށްލައިގެން އޭނާ ނިކުމެގެން ދިޔަ ނަމަވެސް އާސެނަލްގެ ސަޕޯޓަރުންގެ ލޯތަށް އޭނާއަށް ނުހުއްޓެނެވެ. ސަޕޯޓަރުންގެ ލޯތައް އަމާޒުވީ ސަފުގައި އެތުރިގެން ތިބި އާސެނަލްގެ ފުރަތަމަ 11 ކުޅުންތެރިންނަށެވެ.

ބާވިސް އަހަރަށް ފަހު އާސެނަލްގެ ކޯޗުގެ ގޮނޑި ބަދަލުވެއްޖެ އެވެ. ކޯޗް އެމެރީގެ ކޯޗު ކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން މެންޗެސްޓާ ސިޓީ އަތުން އާސެނަލް ބަލިވީ 2-0 ންނެވެ. ކޯޗު ބަދަލުވުމަކުން ކުރިން އޮތް ސަގާފަތް އަދި ބަދަލު ނުވާކަން އެނގިގެންދެ އެވެ. އެމެރީ ބޭނުންވާ ގޮތަށް ގިނަ ބަދަލުތަކެއް ގެންނަން އިތުރު ވަގުތު ބޭނުންވެ އެވެ. ޓްރެއިނިންގައި އޭނާ އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަން ފުރަތަމަ މެޗުން އެނގިގެން ދެ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ހަރުކޮށްފައިވާ ބެނާއެއްގައި ލިޔެފައި ވެއެވެ. އާ ޗެޕްޓާ އެކެވެ. އެ ހާއްސަ ކުރަނީ އެމެރީ އަށެވެ. އޭނާ ވަނީ އާސެނަލްއަށް ބަދަލު ގެންނާނެ ކަމަށް ވައުދު ވެފަ އެވެ. ޓީމުގެ ބެލެންސަކީ އެޓޭކިންގައި ރަނަގަޅު ކަންތަތަކެއް ފެނިގެން ދިއުމެވެ.

ސިޓީން ވަނީ މެޗު ފޭށީގެން 13 ވަނަ މިނެޓްގައި ލީޑް ނަގާފަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ ރަހީމް ސްޓާލިން އެވެ. ދެ ވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބެނާޑޯ ސިލްވާ އެވެ. އެ ދެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސް ކޮށްދިނީ ބެންޖަމިން މެންޑީ އެވެ.

މެޗަށް ފަހު އެމެރީ ބުނީ، އޭނާ ބޭޏުންވި ގޮތަށް ފުރަތަމަ ހާފުގައި އާސެނަލް ނުކުޅެވުނު ކަމަށެވެ. އާސެނަލްއަށް ދެން އޮތީ ޗެލްސީގެ މެޗެކެވެ. އެ މެޗުގެ ލިބޭ ވަގަތުތަކުގައި އެމެރީ ބޭނުންވާ ގޮތަށް ކުޅުމަށް އާސެނަލް ތައްޔާރު ކުރަން ޖެހެ އެވެ.