ހަބަރު

ބްރިޖްގެ ކެމެރާ ސިސްޓަމަށް ބޭނުންވާ ތަކެތި ހޯދަން އިއުލާންކޮށްފި

Aug 13, 2018

ޗައިނާ އާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ "ސިނަމާލެ ބްރިޖް" ގެ ކެމެރާ ސިސްޓަމްއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، ސިނަމާލެ ބްރިޖްގެ ކެމެރާ ސިސްޓަމްއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން 2018 އޯގަސްޓް 27 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އަށް ހުށަހެޅުމަށެވެ.

މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް މިއަދު ހެނދުނު 10:00 އިން ފެށިގެން މިމަހުގެ 26 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ. އަދި ބިޑް ހުށަހަޅާއިރު ބިޑް ސެކިއުރިޓީ ހުށަހެޅަންވެސް ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ބްރިޖް ގުޅުވާލުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، މިމަހު 30 ވަނަ ދުވަހު ބްރިޖް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.