ހަބަރު

ތ ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކޮށް ނިމުން ފާހަގަކޮށްފި

ތ ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން އެރަށުގައި ކުލަގަދަކޮށް ފާހަގަކޮށްފި އެވެ. އެ މަޝްރޫއުގެ ނިމުން އިފްތިތާހުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.

ޒަމާނުންސުރެ ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފަވާވޭމަންޑޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށާފައި ވަނީ 2015 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެނެވެ. އެގޮތުން ޖުމްލަ 6.5 މިލިއަން ރުފިޔާ އެ މަޝްރޫއަށް ހަރަދުކޮށްފައިވެ އެވެ. މި މަޝްރޫއުގެ މަަސއްކަތް މުޅިން ނިންމާފައިވަނީ ނިމުނު ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ.

ރައީސް ތ އަތޮޅަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅަކީ އެ އަތޮލޫގެ ރަށްރަށުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށް، އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް ދެން ވަޑައިގަންނަވާނީ އެ އަތޮޅު ކަނޑޫދޫ އަށެވެ.