ހދ. ކުުޅުދުއްފުށީގެ ކުޅި އާއި މޫދުގެ ބައެއް ހިއްކައިގެން މި ސަރުކާރުން އަޅާ އެއާޕޯޓްގެ މަސައްކަތް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ބައްލަވާލައްވައިފި އެވެ.
މިއަދު ހެނދުނު އިބޫ އެ ސަރަހައްދު ބަައްލަވާލެއްވިއިރު އަރިހުގައި ކުޅުދުއްފުށީގެ އެމްޑީޕީގެ އިސް ބޭފުޅުން ތިއްބެވެ. ރޭ އިބޫ ވަނީ ކުޅުދުއްފުށީ އެއާޕޯޓުން ފަައިދާ ހޯދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
އިބޫ ވިދާޅުވީ، ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ އެންމެ މުހިންމު މަޝްރޫއަކީ އެއާޕޯޓްގެ މަޝްރޫއު ކަމަށާއި އެއާޕޯޓަކީ ކުޅުދުއްފުށީ ރައްޔިތުން ބޭނުންވާ ކަމެއްކަން ދިރާސާތަކުން ދައްކާ ކަމަށެވެ. އެހެންވެ މިހާރު ފަށާފައިވާ އެއާޕޯޓްގެ މަސައްކަތް ނުހުއްޓުވާނެ ކަމަށެވެ. ނަމަވެސް އޭނާގެ ސަރުކާރެއްގައި އެ އެއާޕޯޓްގެ މަސައްކަތް ނިންމައި އޭގެން ފައިދާ ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.