ހަބަރު

ނިލަންދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

Aug 15, 2018

ފ. ނިލަންދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިގެން މިއަދު ހެނދުނު 8:07 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މީހާއަކީ ބަންގްލަދޭޝް މީހެއް ކަމަށާއި އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ތަނުގެ ތެރޭގަ އެވެ. އެ މީހަކީ ނިލަންދޫ ރެސްޓޯރަންޓެއްގައި މަސައްކަތް ކުރާ މީހެކެވެ.