ވިޔަފާރި

އުރީދޫ އެވީ ކެމްޕެއިން: ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާއެއް!

Aug 16, 2018

"ޑިޖިޓަލް ދިވެހިރާއްޖެ" އަށް އެއްބާރުލުންދިނުމުގެ ގޮތުން އުރީދޫއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުންފުނީގެ އޮޕްރޭޝަންތަށް ޑިޖިޓަލްކޮށް، ކަސްޓަމަރުންނަށް ބޭނުންތެރި ތަފާތު ހިދުމަތްތަށް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމުގައި އުރީދޫ އިންވަނީ މުހިންމު ކާމިޔާބީތަކެއް ހާސިލްކޮށްފައި އެވެ. މިގޮތުން، އުރީދޫގެ "އެވީ" ކެމްޕެއިން އަލިއަޅުވާލަދެނީ، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކާއި ފުރުސަތުތަށް ގެނެސްދޭ އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތަކަށެވެ. މި ކެމްޕެއިންގެ މަގުސަދަކީ މި ޕްލެޓްފޯމް މެދުވެރިކޮށް ލިބޭ ފައިދާތަށް، ގިނަ ބޭފުޅުންނާއި ހަމައަށް ވާސިލްކޮށްދިނުމެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ ފަހުގެ ޓެކްނޮލޮޖީތަކާއި އީޖާދީ ހިދުމަތްތަށް މެދުވެރިކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން
އިތުރަށް ތަރައްޤީ ކުރުމަށްް އުރީދޫ އިން ކުރަމުންދާ މަސައްކަތްތަކަށް، "އެވީ" ކެމްޕެއިން އިތުރު ހިތްވަރެއްދޭނެ ކަމަށެވެ.

ރާއްޖެއަކީ ޖަޒީރާ ރަށްތަކަށް ބެހިފައިވާ ގައުމަކަށް ވެފައި، އެކި ކަންކޮޅުތަކަށް ބެހިފައިވާ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ހަމައަށް ފަސޭހަ އަދި އަވަސް ޚިދުމަތްތަށް ފޯރުކޮށްދިނުމުގައި އުރީދޫގެ ޑިޖިޓަލް ކަސްޓަމާ އެކްސްޕީރިއަންސް ޕްލެޓްފޯމްތަކުގެ ދައުރު ވަރަށް
މުހިންމު. އެހެންކަމުން، ޑިޖިޓަލް މެދުވެރިކޮށް ދިވެހިންނަށް ކުރިއެރުމާއި، އިތުރު ފުރުސަތުތަށް ގެނެސްދޭނެފަދަ އިންވެސްޓްމަންޓްތަށް އަޅުގަނޑުމެން އަބަދު ވެސް ކުރަމުންދާނަން،" ނަޖީބު ވިދާޅުވި އެވެ.

އެވީ" ކެމްޕެއިން މެދުވެރިކޮށް އުރީދޫ އިން ޕްރޮމޯޓް ކުރަމުންދާ ޑިޖިޓަލް އާލާތްތަކަކީ:

މައި އުރީދޫ ޕްލެޓްފޯމް މެދުވެރިކޮށް ކޮންމެތާކު ހުރެގެން، ކޮންމެ ގަޑިއެއްގައިވެސް އުރީދޫގެ ޚިދުމަތް ބައްލަވައި، ހިޔާރުކޮށް އަދި މެނޭޖްކުރެވޭނެއެވެ. ވެބްސައިޓް އަދި އެޕް މެދުވެރިކޮށް މައި އުރީދޫ ޕޯޓަލް ބޭނުން ކުރެވޭއިރު، މައި އުރީދޫ އަކީ ދިވެހިރާއްޖޭގައި ހަދާފައިވާ އެންމެ ގިނަ ބޭފުޅުން ބޭނުންކުރާ އެޕެވެ.

މަގޭ ޕްލޭން މެދުވެރިކޮށް، އަމިއްލަ ބޭނުންތަކަށް އެންމެ އެކަށޭނެ ގޮތަކަށް، ޑޭޓާ، ކޯލް، އެސްއެމްއެސް، އަދި އައިޑީޑީ އެޑް-އޯން އަމިއްލައަށް ފަރުމާކޮށްލެވޭނެއެވެ. މައި އުރީދޫ އެޕް މެދުވެރިކޮށް ބޭނުންކުރެވޭ މި ހާއްސަ ޚިދުމަތުގެ އެހީގައި، އެންމެ މަގްބޫލް އެޑް-އޯންތަށް އަދި ވަކި ބަޖެޓަކަށް އެންމެ އެކަށޭނެ އެޑް-އޯންތަށް ބައްލަވާލެވޭނެއެވެ. އަދި ގާތްތިމާގެ ބޭފުޅުންނާއި ރައްޓެހިންނަށް ހާއްސަކޮށް އެސްއެމްއެސް، ކޯލް، އަދި އައިޑީޑީ އެޑް-އޯން ފަރުމާކޮށް، ހަދިޔާވެސް ކުރެވޭނެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް ފޭސްބުކް މެސެންޖާ އަދި ވައިބާ ފަދަ ސޯޝަލް މީޑިއާގައިއުރީދޫ އާއި ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް، ހިދުމަތް ހޯދޭނެ އެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ. މިއީ ކަރަންޓު، އިންޓަނެޓް ފަދަ އެންމެ ގިނަ ޔުޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމް އެވެ.