އެޑެން ހަޒާޑް

ކުޑަ ބަދަލަކުން ހަޒާޑް ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް

ޗެލްސީގެ އެޑެން ހަޒާޑް (ކ) އާއި އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ (ވ) ---
0%
0%
0%

ޓެކްޓިކަލް ކުޑަ ބަދަލުކުން، ހަޒާޑަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެވޭނެ ކަމަށް ޗެލްސީގެ ކޯޗް މައުރީޒިއޯ ސާރީ ބުނެފި އެވެ.

ސާރީ ވާހަކަ ދެއްކީ، ހަޒާޑް ޗެލްސީގެ ގައި ދެމިހުރުމުގެ މުހިންމު ކަމާ ބެހޭގޮތުންނެވެ. އޭނާ ބުނީ ޗެލްސީއަކީ ޔޫރަޕްގައި މުހިންމު ޓީމެއް ކަމަށާއި، ޗެލްސީގައި ހުރެގެންވެސް ހަޒާޑަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެވޭނެ ކަމަށެވެ.

"އެންމެ މޮޅު ކުޅުންތެރިޔާއަށް އޭނާއަށް ވެވޭނެ، އެކަން އޮތީ އޭނާގެ އަތް މަތީގަ، ޓެކްނިކަލް ސްކިލް ރަނަގަޅު ވެފައި ގިނަ ގޯލްތަކެއް ޖެހޭނަމަ އެ ފުރުސަތު ލިބިގެންދާނެ، އަހަންނަށް ހީވަނީ އެކަން އޮތީ އޭނާގެ އަތްމަތީގައިހެން،" ސާރީ ބުންޏެވެ. "އެކަން ބިނާ ވަނީ ދަނޑު މަތީގައި އޭނާ ކުޅޭ ޕޮޒިޝަންގެ ގޮތުން، މިދިޔަ ފަސް އަހަރުތެރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނީ ސްޓައިކަރެއް ހެން، ލިއޮނަލް މެސީ ކުޅުނީ ސްޓައިކަރެއް ހެން، އެޑެން [ހަޒާޑް] ބައެއް ފަހަރު ކުޅެނީ ވިންގަށް، އެޑެންއަށް އޭނާގެ ލަވަލް މަތި ކުރެވޭނެ."

ހަޒާޑް ގެންދިއުމަށް ރެއާލް މެޑްރިޑުން މަސައްކަތް ކުރި އެވެ. ސާރީ ބުނީ، ހަޒާޑްއާ އެކު މަސައްކަތް ކުރަން ފުރުސަތު ނުލިބިދާނެ ކަމަށް އޭނާ ހީކުރި ކަމަށެވެ. ހަޒާޑް ދޫކޮށްލާނަމަވެސް އެފެންވަރުގެ އެހެން ކުޅުންތެރިޔަކު ގެންނަން ފުރުސަތު ނެތް ގޮތަށް އޭނާ ދޫ ނުކުރާނެ ކަމަށް ސާރީ ބުންޏެވެ. ސްޕެއިންގެ ޓްރާންސްފާ ޕީރިއަޑް ކުރިއަށް ދިޔަނަމަވެސް އިނގިރޭސި ޓްރާންސްފާ ދޮރު ވަނީ ބަންދުވެފަ އެވެ. އެހެންވެ ހަޒާޑް ޗެލްސީ ދޫކޮށް ނުލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސާރީ ބުންޏެވެ.

އިނގިރޭސި ލީގްގައި ޗެލްސީ މިރޭ ކުޅޭނީ އާސެނަލްއާ ދެކޮޅަށެވެ. ސާރީ ވަނީ އާސެނަލްގެ ކޯޗް އުނައި އެމެރީއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އޭނާ ބުނީ އެމެރީއަށް އާސެނަލްގައި ކާމިޔާބު ހޯދޭނެ ކަމަށެވެ. އަދި އާސެނަލް ބަދަލު ކުރުމުގެ ފެންވަރު އެމެރީގެ ކިބައިގައި އެބަހުރި ކަމަށް ސާރީ ބުންޏެވެ.

ޗެލްސީ އާއި އާސެނަލް މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9:30 ގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345