އެޑެން ހަޒާޑް

ހަޒާޑަށް އަނިޔާވެ ސީޒަން ނިމުމުގެ ބިރު

100%
0%
0%

ރެއާލް މެޑްރިޑްގެ ފޯވަޑް އެޑެން ހަޒާޑަށް އަނެއްކާވެސް އަނިޔާވެ ސީރިއަށް ހާލަތަކަށް ވެއްޓިއްޖެ އެވެ.

އަނިޔާއިން ރަނގަޅުވެ އެނބުރި އައިސް މިރޭ ޗެމްޕިއަންސް ލީގްގައި ކުޅުމުގެ އުންމީދުގައި ހުރި ހަޒާޑްގެ ކަނާތު ފައިގެ ކުޑަ ހުޅަށް އިއްޔެ ވަނީ އަނިޔާ ވެފަ އެވެ. ބެލެވޭ ގޮތުގައި އެ އަނިޔާއިން ރަނގަޅުވާން އޮޕަޜޭޝަން ކުރަން ޖެހޭނެ އެވެ. އެ އޮޕަރޭޝަން ކުރާނަމަ މި ސީޒަންގައި އޭނާއަށް ދެން ނުކުޅެވޭނެ އެވެ. އަދި ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ނުކުޅެވޭނެ އެވެ.

މޫނު މަތީގެ އަގުގެ ގޮތުގައި ޗެލްސީއަށް 105 މިލިއަން ޔޫރޯ ދިނުމަށް ފަހު ރެއާލް އިން 2019 ގައި ގެނައި ބެލްޖިއަމްގެ ފޯވަޑްގެ ފަރާތުން އެ ކުލަބަށް އެކަށީގެންވާ ބޭނުމެއް މިހާތަނަށް ހިފިފައެއް ނުވެ އެވެ. އޭނާގެ މާ ބޮޑު ހިއްސާއެއް ނެތި މިދިޔަ ސިޒަންގެ ލަލީގާ ޗެމްޕިއަންކަން ރެއާލް ހޯދި ނަމަވެސް، ބޯނަސްގެ ގޮތުގައި ވެސް ޗެލްސީއަށް އިތުރު 20 މިލިއަން ޔޫރޯ ރެއާލްއަށް ދޭން ޖެހުނެވެ.

ޗެމްޕިއަންސް ލީގްގެ ދެވަނަ ބުރުގެ ދެ ވަނަ ލެގް މެޗުގައި، މިރޭ ރެއާލް ނުކުންނާނީ އެޓަލާންޓާ އާ ދެކޮޅަށެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ ހަޒާޑަށް ކުރިމަތި ވަމުންދާ ކަންތައްތަކަކީ މީގެ ކުރިން އޭނާއަށް ކުރިމަތި ނުވާ އުނދަގޫ ހާލަތެއް ކަމަށެވެ.

"އަހަރެންގެ އަތަކު ނެތް އެކަން އިތުރަށް ތަފްސީލު ކޮށްދޭނެ ގޮތެއް އަހަރެމެން އެންމެން މަސައްކަތް މި ކުރަނީ [އެ ހާލަތުން އަރައި ގަތުމަށް] އޭނާ އަށް އެހީތެރި ވެވޭތޯ." ޒިދާން ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345