އެޑެން ހަޒާޑް

ހަޒާޑަށް އަނެއްކާވެސް އަނިޔާ ވެއްޖެ

އެޑެން ހަޒާޑް
0%
0%
0%

ރެއާލް މެޑްރިޑްގެ ފޯވަޑް އެޑެން ހަޒާޑަށް އަނެއްކާވެސް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ޗެލްސީ ދޫކޮށް 115 މިލިއަން ޔޫރޯގެ ޓްރާންސްފާގައި 2019 ގައ ރެއާލްއަށް ހަޒާޑް ބަދަލުވީން ސުރެ އޭނާ އުޅޭނީ ފިޓްނަސް މައްސަލައެއްގަ އެވެ. މިދިޔަ ސީޒަނާ މި ސީޒަންގައިވެސް އޭނާގެ ހާލަކީ އެއީ އެވެ. މިދިޔަ ސީޒަންގެ ލަލީގާގެ ޗެމްޕިއަންކަން ރެއާލް ހޯދި ނަމަވެސް އެ ކާމިޔާބުގައި ހަޒާޑްގެ މާ ބޮޑުހިއްސާއެއް ނެތެވެ.

ފަލަމަސްގަނޑަށް ލިބުނު އަނިޔާގައި ހަ ހަފުތާއަށް ހަޒާޑް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް މާކާއިން ބުނެ އެވެ. އޭނާއަށް ގެއްލޭނެ މެޗު ތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މެޗަކީ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި އެޓަލާންޓާ އާ ދެކޮޅަށް ކުޅޭ މެޗެވެ. އެ ދެ ޓީމު ކުޅޭ ފުރަތަމަ ލެގް މެޗު އޮންނާނީ މި މަހު 24 ވަނަ ދުވަހު އެވެ.

މާޗް 16 ގައި ކުޅޭ ދެ ވަނަ ލެގަށް އޭނާ ރަނގަޅު ވެދާނެ ކަމަށް ބެލެވުނު ނަމަވެސް، މެޗަށް އޭނާ ފިޓް ވާނެ ކަމާމެދު ސުވާލު އުފެދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345