ސުނީތާ އަލީ

ޕްރިޔަންކާގެ އެންގޭޖުމަންޓާއެކު ސުނީ އުފަލުން

ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އިއްޔެ ވަނީ އެންޖޭޖުވެފަ އެވެ. އެ ދެމީހުން އެންގޭޖުވުމަށް އިއްޔެ ވަނީ ކުލަ ގަދަ ހަފްލާތަކެއް ބާއްވާފަ އެވެ.

އެންގޭޖުވާމައެކު އެ ދެމީހުންނަށް ގިނަ ބަޔަކު އަންނަނީ މަރުހަބާވެސް ކިޔަމުންނެވެ. ރާއްޖޭގައި ހުރި ޕްރިޔަންކާގެ އެންމެ ބޮޑު ފޭން ސުނީތާ އަލީ، ސުނީވެސް ވަނީ އެ ދެމީހުންނަށް މަރުހަބާ ކިޔާފަ އެވެ.

ސުނީ ކުރި ޓުވީޓެއްގައި ބުނީ ޕްރިޔަންކާ އާއި ނިކްގެ އެންގޭޖުވުމަށް ވަރަށް އުފާވެއްޖެ ކަމަށާއި އަދި އަބަދުވެސް އެ ދެމީހުނަށް އުފާވެރި ދުވަސްތަކަކަށް އެދޭ ކަމަށެވެ.

ޕްރިޔަންކާ އާއި ނިކްގެ އެންގޭޖުމަންޓް ހަފްލާ ބޭއްވީ މުމްބާއީގައި ހުންނަ ޕްރިޔަންކާގެ ގޭގަ އެވެ. އެންގޭޖުމަންޓަށްފަހު އެ ދެމީހުންގެ އާއިލާ އާއި ގާތް ރަހުމަތްތެރިންނާއެކު ފައިވް ސްޓާ ހޮޓަލެއްގައި ރޭ ވަނީ އެންގޭޖްމަންޓް ޕާޓީއެއް ވެސް ބާއްވާފަ އެވެ. އެ ހަފްލާގައި މަޝްހޫރު ގިނަ ތަރިންތަކެއް ބައިވެރިވި އެވެ.