ސުނީތާ އަލީ

ސުނީީގެ އީދުގެ ފަހު މަންޒިލަކަށް ބާރަށް

އީދު ޝޯތައް ދިނުމުގައި އެންމެ ބިޒީކޮށް އުޅެމުން އަންނަ އެއް ފަންނާނު، މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) މި އީދުގައި ދޭނެ އެންމެފަހު ޝޯ އަންނަ ހޮނިހިރު ދުވަހުގެ ރޭ ހއ. ބާރަށުގައި އޮންނާނެ އެވެ.

މި އީދުގައި ސުނީ އެންމެ ފުރަތަމަ ޝޯއެއް ދިނީ ލަންކާގައި އީދު ވިލޭ ރޭގަ އެވެ. ލަންކާގައި ފޯރިގަދަ ޝޯއެއް ދިނުމަށްފަހު ރޭ ސުނީ ޝޯ ދެނީ ޅ. ހިންނަވަރުގަ އެވެ. އަދި މިރޭ އެ އަތޮޅު ކުރެންދޫގައިވެސް ޝޯއެއް ދޭނެ އެވެ.

ބާރަށުގައި މި ޝޯ އިންތިޒާމުކުރާ ފަރާތްކަމުގައިވާ މުހައްމަދު ހަސަން (އޮއްޕޮ) ބުނީ މި ޝޯއަށް ބާރަށް އޮތީ މިހާރު ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ. ކޮންމެ އީދަކުވެސް ފޯރިގަދަ ހަރަކާތްތަކެއް އޮންނަ ބާރަށުގައި މި އީދުގައިވެސް ގިނަ ކުޅިވަރުތަކެއް އަންނަނީ ބާއްވަމުންނެވެ.

މިދިޔަ އަހަރު އީދުގައިވެސް މަޝްހޫރު ގިނަ ފަންނާނުންތަކެއް ގެންގޮސްގެން ބާރަށުގައި ޝޯތައް ވަނީ ދީފަ އެވެ.