އީދު ފާހަގަ ކުރުން

ދައްމާނު ބޮޑުބެރު ގްރޫޕްގެ އީދު ޝޯ ބޮޑުފުޅަދޫގައި

ފޯރިގަދަ ހަރަކާތްތަކަކާއެކު ދައްމާނު ބޮޑުބެރު ގުރޫޕްގެ އީދު ޝޯ މިފަހަރު އޮންނާނީ އއ. ބޮޑުފުޅަދޫގަ އެވެ. މި ޝޯ އޮންނާނީ މާދަމާ ރޭގަ އެވެ.

ދައްމާނު ބޮޑުބެރު ގުރޫޕްގެ އެސިސްޓެންޓް މެނޭޖަރު އަލީ މިޝްއަލް ބުނީ އެހެން އަހަރުތަކާއި ހިލާފަށް ވަރަށް ފޯރިގަދަ އަދި ތަފާތު ހުށަހެޅުންތަކެއް މިފަހަރުގެ ޝޯގައި ފެނިގެންދާނެ ކަމަށެވެ. ފޯރިގަދަ ލަވަތަކާއި އަދި އާ ޒުވާން މޫނުތަކާއެކު ދަންމާނު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް މިޝްއަލް ބުންޏެވެ.

އީދަށް ބޮޑުފޮޅިދޫއިން ވެސް ވަނީ މިފަހަރު ވަަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އެ ބޮޑުބެރު ގްރޫޕްއާއެކު ރާއްޖޭގެ މަޝްހޫރު އަންހެން ޑާންސް ގުރޫޕެއް ކަމުގައިވާ ޕާޕަލް ވިންގްސް ވެސް ބޮޑުފުޅަދޫގެ ސްޓޭޖް ފަޅުފިލުވައިދޭނެ އެވެ.

"މި ޝޯ ތަފާތު ވާނެ، ލަވަތައްވެސް ތަފާތުވާނެ، ނެށުންތައްވެސް ތަފާތު ވާނެ، އަދި ބެރު ލައިން ހަމަ އޮބިނޯންނާނެ، މިތިބީ ފިސާރި ޝޯއެއް ދީ ހޭވައްލަން ތައްޔާރަށް،" މިޝަލް ބުންޏެވެ. "އަދި ޕާޕަލް ވިންގްސްއާއެކު މިޝޯ ދިނުމަކީ މި ޝޯ އިތުރަށް ފޯރިގަދަވެދެން ދާނެ ކަމެއް،"

ދަންމާނުއަކީ އީދު ޝޯތައް ދިނުމުގައި އާންމުންގެ މެދުގައި ވަރަށް މަގުބޫލު ބޮޑުބެރު ގުރޫޕެކެވެ. މި ޝޯގައި ދައްމާނުގެ 25 މެމްބަރުން ބައިވެރިވާނެ އެވެ. ސްޓޭޖް ޝޯ ދިނުމުގެ އިތުރުން އެ ރަށުގައި ބާއްވާ އެހެން އީދު ކުޅިވަރިތަކުގައި ވެސް ދަންމާނުން ބައިވެރިވާނެ އެވެ.