ރެއާލް މެޑްރިޑް

ރެއާލްގެ ޖޯޒީ ނަންބަރުގެ ފޮންޓް ބަދަލު ކުރަން އަންގައިފި

ބޭލްގެ ޖޯޒީ، ގެޓަފޭއާ ދެކޮޅަށް ބޭނުން ކޮށްފައިވާ ޖޯޒީ ނަންބަރުގެ ފޮންޓް (ކ)، ޔޫއެފްއާ ސްޕަކަޕްގައި ބޭނުން ކޮށްފައިވާ ޖޯޒީ ނަންބަރުގެ ފޮންޓް (ވ) --- ބ
0%
50%
50%

ރެއާލް މެޑްރިޑްގެ ޖޯޒީ ނަންބަރުތަކުގެ ފޮންޓް ބަދަލު ކުރަން ލަލީގާއިން އަންގައިފި އެވެ.

ލީގްގައި، ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗަށް ބޭނުން ކުރަން ރެއާލުން ތައްޔާރު ވަމުން ދިޔައީ ސްޕެނިޝް ސްޕަކަޕުގައި އެ ޓީމުން ބޭނުން ކުރި ޖޯޒީގައި ހުރި ފޮންޓާ އެއްގޮތަށް ތައްގަނޑު ޖަހާފައިވާ ޖޯޒީ ބައެކެވެ. މިދިޔަ އަހަރުވެސް ރެއާލްއަށް އެމައްސަލަ ދިމާވީ އެވެ.

ގެޓާފޭ މެޗުގައި ބޭނުން ކުރި ޖޯޒީގެ ފޮންޓް ---

ޔޫއެފްއާ ސުޕަކަޕާއި، ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑްކަޕު އަދި ސްޕެނިޝް ސްޕަ ކަޕުގައިވެސް އެ ކުލަބަކުން ބޭނުންވާ ފޮންޓަކުން ޖޯޒީގައި ނަންބަރު ޖަހއިގެން ބޭނުން ކުރުމުގެ އިހްތިޔާރު ކުލަބުތަކަށް އޮވެ އެވެ.

ނަމަވެސް ލަލީގާ އިން ކަނޑައަޅާފައިވާ އުސޫލަކީ، ލީގްގައި ވާދަ ކުރާ ހުރިހާ ޓީމެއްގެ ޖޯޒީ ނަންބަރުވެސް އެއް ފޮންޓަކަށް ބެހެއްޓުމަށެވެ. ލަލީގާއިން އެގޮތަށް އެންގުމުން ރެއާލުން ނިކުތީ ލަލީގާއިން ކަނޑައަޅާފައިވާ ކޯޑަށް ފެތޭގޮތަށް ޖޯޒީ ނަންބަރު ޖަހައިގެންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345