މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޖަމާއަތުގައި އަޟްހާއީދު ނަމާދު މިއަދު ހެނދުނު ކޮށްފި އެވެ. އެގޮތުން މާލޭގައި އީދު ނަމާދު ކުރީ މާފަންނު ސްޓޭޑިއަމްގަ އެވެ.
ސްޓޭޑިއަމް ސަރަހައްދުގައި މިއަދު ބޭއްވި ބޮޑު ޖަމާއަތުގެ ނަމާދުގައި އަންހެނުންނާއި ކުޑަ ކުދިން ހިމެނޭ ގޮތަށް އެތަކެއްހާސް މީހުން ބައިވެރިވެ އީދު ނަމާދު ކޮށްފައިވެ އެވެ. ސްޓޭޑިއަމްގައި ބޮޑު ޖަމާއަތް ހަދައިގެން އީދު ނަމާދު ކުރި އިރު، މާލޭގެ ހުކުރު ނަމާދު ކުރާ އެހެން ބޮޑެތި މިސްކިތްތަކުގައި ވެސް ވަނީ އީދު ނަމާދުކޮށްފަ އެވެ.
އޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ގއ. ގެމަނަފުށި އަދި ބޮޑެތި ރަށްތަކުގައި ވެސް މިއަދު ވަނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައެވެ.
އީދު ހުތުބާގައި ވަނީނީ އީދަކީ އަހަރުގެ ތެރޭގައި ހިނގާ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެއް ގޮތުގައި ފާހަގަ ކުރައްވައިފަ އެވެ. އަދިދި އިސްލާމީ ތާރީހުން އީދު ފާހަގަ ކުރާ ސަބަބުތަކާއި އޭގެ މުހިންމުކަމުގެ މައްޗައް އަލިއަޅުވާލައިފަ އެވެ. އަދި އޭގެން މިހާރު ލިބިގަންނަން ޖެހޭ ފިލާވަޅުތައް ވެސް ވަނީ ހަނދާކޮށްދީފަ އެވެ.
ހުތުބާއަށް ފަހު ސްޓޭޑިއަމްގައި ތިބި މީހުން އެކަކު އަނެކަކާ އީދު ސަލާމްކޮށް ހެދި އެވެ.