ހަބަރު

ދިވެހި ހައްޖުވެރިންގެ ހާލު ޝަހީމް ބައްލަވައިފި

Aug 21, 2018
3

ހައްޖުގެ އަޅުކަމަށް މައްކާއަށް ވަޑައިގެން އުޅުއްވާ ދިވެހިންގެ ހާލު ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސަލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްލަވައިފި އެވެ.

ޝަހީމް މިއަދު ވަނީ ހައްޖު ކޯޕަރޭޝަންއަށް ގުޅުއްވާ ދިވެހި ހައްޖުވެރިންގެ ފަހުގެ މައުލޫމާތުތައް އޮޅުން ފިލުވައިފަ އެވެ. އަދި މަބުރޫރު ހައްޖަކަށް އެދިވަޑައިގެން އެ ފަރާތްތަކަށް އީދުގެ ތަހުނިއްޔާ ވެސް ޑރ. ޝަހީމް ވަަނީ އަރިސްކުރައްވައިފަ އެވެ.

އޭގެ އިތުރުން ޝަހީމް އަންނަނީ އެހެން ހައްޖު ގްރޫޕްތަކަށް ވެސް ގުޅުއްވާ ދިވެހިންގެ ހާލު ބައްލަވަމުންނެވެ.