ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލަ ފަރާތްތަކުގެ ތެރެއިން ރީ ރަޖިސްޓާ ކުރި ގިނަ ބައެއްގެ ފޯމްތައް ބާތިލު ކުރި މައްސަލަ ކޯޓަށަ ހުށަހެޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރީ ރަޖިސްޓާ ކުރުމުގެ ފުރުސަތު ބަންދުވިތާ ހަފްތާއެއް ފަހުން އިސީ އިން ބުނީ އެކި މައްސަލަތައް ހުރެގެން 6000 އެއްހާ ފޯމް ބާތިލުކޮށްފައިވާ ކަމަށެވެ.
އެކަމަށް އިޝާރަތް ކުރައްވާ ސޯލްޓު ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދަޅުވީ ރީ ރަޖިސްޓާ ކުރި ގިނަ ބައެއްގެ ފޯމު ބާތިލު ކުރި މައްސަލާގައިވެސް ސުވާލު އުފެދޭ ކަމެއް ހުރި ކަމަށެވެ. ފިންގާ ޕްރިންޓު ނުވަތަ އެހެން މައްސަލައެއްގައި މިހާރު ކުރަމުންދާ ފަދަ ގޮތަކަށް ފޯމު ބާތިލު ކުރުމަކީ އީސީއަށް ކުރެވޭނެ ކަމެއް ނޫން ކަަމަށާއި ވޯޓުލުމުގެ ހައްގަަކަށް ހުރަސް ނޭޅޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"އަޅުގަނޑުލާ ވޯޓު އެއީ އަޅުގަނޑުގެ ހައްގެއް، އަޅުގަނޑުލާ ފޯމު އެއީ އަޅުގަނޑުގެ ހައްގެއް، އިލެކްޝަން ކޮމިޝަނަށް އަޅުގަނޑުގެ ވޯޓު ބަލައިގަތުމާއި ބަލައިނުގަތުމަށް ނިންމާާނީ ވޯޓުފޮއްޓަށް ލީމައި އެ ބާތިލު ގޮތަށް އިނދެފިކަމަށް ވަންޏާ، އެ ނުން ގޮތަކަށް އެކަމެއް ނުކުރެވޭނެ، ފިންގާ ޕްރިންޓު ދިމަވެގެން ނޫނީ އެހެން ގޮތެކޭ ކިޔާފައި ފޯމު ބާތިލު ކުރުމުގެ އެއްވެސް ގާނޫނީ ހައްގެއް އީސީއަށް ނުލިބޭނެ،" މާރިޔާ ވިދާޅުވި އެވެ. .
އެ މައްސަލަކޯޓަށް ގޮސްގެން ވެސް ބެލުމަށް ގުޅިފައިވާ ޕާޓީތަކުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެކަންތައް ބަލަމުންދާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ހަމައެކަނި ކަންބޮޑުވަނީ ބާތިލު ކުރި 6000 އެއްހާ ފޯމު ބާތިލު ކުރި މައްސަލާގައި ނޫން ކަމަށާއި އިންތިހާބަށް މަހަކަށް ވުރެ ކުޑަ ދުވަސްކޮޅެއް އޮތް އިރު މުޅި ވޯޓާޒް ލިސްޓެއް ހާމައެއް ނުކުރާ ކަމަށެވެ. އަދި ރީ ރަޖިސްޓާ ނުކުރާ މީހުންވެސް ވޯޓުލާން ޖެހޭ ތަންތަން ބަދަލުކޮށްފައި ހުރި ކަމަށާއި އެ ލިސްޓު ހާމަނުކުރާހާ ހިނދަކު ވޯޓުލާން ޖެހޭ ތަން ވެސް ނޭނގޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އީސީ އިން މިހާރުން މިހާރަށް މުޅި ވޯޓާޒް ލިސްޓު ހާމަ ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން އެންމެން ހަމައެކަނި މިތިބެނީ ބާތިލުވި ފޯމުތަކާއި ދޭތެރޭ ވިސްނަން ތިބޭ އިރު އަޅުގަނޑުމެންނަށް އެނގޭ ރީ ރަޖިސްޓާ ކުރަން ހުށަނާޅަ ބައެއްގެ ވޯޓުލާތަން އެކިތަންތަނަށް ބަދަލުކޮށްފައި ހުރިކަން، އެހެންވެ މުޅި ލިސްޓު ފެނިގެން ނޫނީއާ އަޅުގަނޑުމެންނަށް އެނގޭކަށް ނެތް ކޮންތާކަށް ކަމެއް އަޅުގަނޑުމެން އެކަކު ވެސް ވޯޓުލާންވީ،" މާރިޔާ ވިދާޅުވި އެވެ.