ހަބަރު

މާލޭގައި މާރާމާރީއެއް ހިންގައި ތިން މީހަކު ޒަހަމްކޮށްލައިފި

Aug 28, 2018

މާލޭގައި ގްރޫޕް މާރާމާރީއެއް ހިނގާ އަނެއްކާ ވެސް ތިން މީހަކު މިރޭ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރަކު ވިދާޅުވީ، މިރޭ 9:10 އެހާކަންހާއިރު މާފަންނު ސަހަރާ ކައިރީގައި މާރާމާރީއެއް ހިނގާފައިވާ ކަމަށެވެ. އަދި އެ މާރާމާރީގައި ތިން މީހަކު ޒަހަމްވެ އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މީހުން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ފަށާފައިވާ ކަމަށް ވެސް އޮފިސަރު ވިދާޅުވި އެވެ.

އެ މީހުންގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް މާލޭގައި މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމްކޮށްލި އެވެ. އޭގެ ތެރެއިން އެކަކަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ފަހު ދޫކޮށްލިއިރު އެއް ކުއްޖެއްގެ ބޮލަށް ލިބުނު ގެއްލުމަށް އޭޑީކޭގައި އަންނަނީ ފަރުވާދެމުން އެވެ. އެރޭ ވެސް މާރާމާރީ ހިނގީ މާފަންނު ކޮޅު ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ސަބަބުން އެވެ.