ހަބަރު

މަޝްރޫއުތަކެއް އިފްތިތާހު ކުރަން ރައީސް ޅ އަތޮޅަށް

މަޝްރޫއުތައް އިފްތިތާހު ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޅ. އަތޮޅަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ޅ. އަތޮޅަށް ރައީސް ޔާމީން ދެ ދުވަހުގެ ދަތުރުފުޅެއް ކުރެއްވުމަށް މިއަދު ފުރާވަޑައިގެންފައިވާ ކަމަށާއި އެ އަތޮޅު ނައިފަރަށާއި ކުރެންދޫއަށް ވަޑައިގެން މަޝްރޫއުތައް އިފްތިތާހު ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ހިންނަވަރަށާއި އޮޅުވެލިފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ނައިފަރަށް ވަޑައިގެން އެ ރަށުގެ ހޮސްޕިޓަލުގެ އާ އިމާރަތް ރައީސް ހުޅުވާދެއްވާނެ އެވެ. އަދި ކުރެއްނދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ވެސް ފާހަގަ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.