ސާފް ޗެމްޕިއަންޝިޕް

ޔާމީން ހޮވިއްޖެ، ވަރަށް ބޮޑަށް ޝުކުރިއްޔާ!

ޔާމީން (ވ) އާއި އޭނާގެ ބައްޕަ (ކ)، އޭނާގެ އެންމެ ބޮޑު ސަޕޯޓަރުންނަކީ މަންމަ އާއި ބައްޕަ --
51.6%
45.2%
3.2%

ހއ. ހޯރަފުށިން ދިން ދައުވަތަކަށް، ކުރީގެ ކޯޗް މައުރޫފް އަހްމަދު (މާއްޓޭ)، ފުޓްބޯޅަ ކޭމްޕެއް ހިންގުމަށް 2012 ވަނަ އަހަރު އެ ރަށަށް ކުރި ދަތުރެކެވެ. ރަށު ތެރެއަށް އަރައިގެން ދިޔައިރު، މާއްޓޭގެ ލޮލުގައި އަޅައިގަތީ ތަފާތު މަންޒަރެކެވެ. ޒުވާން ކުއްޖަކު އޭނާއަށްވުރެ ބޮޑެތި މީހުނާއެކު މަގުމަތީގައި ފުޓްބޯޅަ ކުޅެމުން ދިޔަ މަންޒަރެވެ. ފުޓްބޯޅަ ކޭމްޕް އިންތިޒާމު ކުރާ މީހުން ގާތު އެއީ ކޮންކުއްޖެއްތޯ އެހުމަށްފަހު މާއްޓޭ އެދުނީ، ފުޓްބޯޅަ ކޭމްޕަށް އޭނާ ގެންދިއުމަށެވެ.

މިއީ ގްރީން ސްޓްރީޓްގެ ޒުވާން ކުޅުންތެރިޔާ އަބްދުﷲ ޔާމީންގެ ވާހަކަ އެވެ. އޭނާގެ އުމުރުން 11 އަހަރުގައި އޭނާއަށް ވުރެ ބޮޑެތި މީހުންނާއެކު މަގުމަތީގައި ކުޅެން ހުއްޓާ މާއްޓޭ ލޮލުގައި އަޅައިގަތެވެ. ފުޓްބޯޅަ ކޭމްޕަށް އޭނާ ގެންގޮސް އޭނާގެ ހުނަރު ދެނެގަތެވެ. ސްކޫލް ނިމުމުން، އޭނާގެ މައިންބަފައިންނަށް ގުޅައި ގްރީންސްޓްރީޓްގެ ޓީމާ އޭނާ ގުޅުވި އެވެ.

މިއަދު އުމުރުން 17 އަހަރުގައި، އޭނާ ހުރީ ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުގަ އެވެ. ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް އޭނާ އަތުއެޅުވީ، 19 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންގެ ހުނަރު ދެނެގަތުމަށް ބޭއްވިި ޕްރެކްޓިސް ސެޝަންގަ އެވެ.

ގްރީން ސްޓްރީޓްގެ ޓީމު ލިސްޓުގައި އޭނާ ޖާހަފައިވީ ނަމަވެސް، އެ ކުލަބުގެ ޖޯޒީގައި މެޗެއް ކުޅުމުގެ ކުރިން އޭނާ ކުޅުނީ ގައުމީ ޓީމަށެވެ. މާޗް މަހު ސިންގަޕޫރާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗުގައި، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ މެޗަށް ނިކުތެވެ. ސީނިއާ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ އޭނާގެ ނަމެވެ.

މާޗް މަހު 23 ވަނަ ދުވަހު ސިންގަޕޫރުގައި ކުޅުނު މެޗުގައި، ގައުމީ ޓީމުގެ 17 ނަންބަރު ޖޯޒީގައި އޭނާ ކުޅެން ކުޅެން ނެރުނު އިރު އޭނާގެ އުމުރަކީ 17 އަހަރާއި 85 ދުވަހެވެ. އޭގެ ކުރިން ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި ފުޓްބޯޅައިގެ ތަޖުރިބާކާރުން ފާހަގަ ކުރާ އެއް ނަމަކީ، މުހައްމަދު ހަލީމް (ބޮޑު ޖަޑާ) އެވެ. ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި 1984 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި އޭނާ ގައުމީ ޓީމަށް ކުޅެން ފެށިއިރު އޭނާގެ އުމުރަކީ 17 އަހަރާއި 145 ދުވަހެވެ.

ޔާމީން ގަތަރުގެ ޓްރެއިނިން ކޭމްޕްގައި --- ފޮޓޯ: އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލު ސްކޮޑުގައި، ޔާމީން ހިމެނުމަކީ ގިނަ ބަޔަކަށް ހައިރާން ކުރުވަނިވި ކަމަކަށް ވެދާނެ އެވެ. ނަމަވެސް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން އޭނާ ފަސް ނުޖެހޭނެ ކަމަށެވެ.

"19 އަހަރުން ދަށުގެ ޓީމުގެ ޕްރެކްޓިހުގައި ފުރަތަމަ ފަހަރުވެސް އަހަންނަށް އޭނާ އަޅައިގަތް، އޭނާގެ ހުނަރާއި ސްޕީޑް ފެނިފައި އަހަރެން ވަރަށް ހިތްހަމަޖެހުނު،" ސިންގަޕޫރާ ދެކޮޅަށް މާޗް މަހު ކުޅުނު މެޗަށް ފަހު ޔާމީން އާ ބެހޭގޮތުން ވާހަކަ ދައްކަމުން ޝެގަޓް ބުނެފައި ވެއެވެ. "ސީނިއާ ގައުމީ ޓީމުގެ ޕްރެކްޓިހުގައިވެސް އޭނާ މަސައްކަތް ކުރި ގޮތުން ހީވީ މީގެކުރިން ވެސް ވަރަށް ބައިވަރު މެޗަުތަކެއް ކުޅެފައި ހުރި ކުޅުންތެރިޔެއް ހެން."

"އޭނާގެ އެންމެ މުހިންމު ސިފައަކީ އަހަރެން އެއްޗިހިތައް ކިޔައިދިނުމުން ވަރަށް ކަނުލައި އަޑު އަހާ ކަން، އަދި އެކަންކަން ވަރަށް އަވަހަށް އޭނާ ދެނަގަނޭ."

ފައިނަލު ސްކޮޑުގައި ހިމެނުމަށް ފަހު، ޔާމީން ކުރިމަތީގައި މިހާރު އޮތް އެންމެ ބޮޑު އުންމިދަކީ މުބާރާތުގައި ކުޅެން ފުރުސަތު ހޯދުމެވެ. ފައިނަލު ސްކޮޑުގައި ހިމެނުމަކީ އޭނާ އަށް ލިބުނު ބޮޑު ހިތްވަރެކެވެ.

ޔާމިން (ކ) ގައުމީ ޓީމުގެ ޕްރެކްޓިހުގައި އެހެން ކުޅުންތެރިޔެއްގެ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ --- ފޮޓޯ: އެފްއޭއެމް

"ވަރަށް ބޮޑު ހިތްވަރެއް މި ލިބުނީ،" 30 ކުޅުންތެރިންގެ ތެރެއިން ގޮސް ފައިނަލު ސްކޮޑުގައި ހިމެނުމުން ޔާމީން ބުންޏެވެ. "ވަރަށް މަސައްކަތް ކުރާނަން މެޗަ ކުން ފުރުސަތު ހޯދަން، ސްކޯޑުގައި ހިމެނުމަށް ފަހު ދެން އެންމެ ބޮޑު ޓާގެޓަކީ މެޗުން ފުރުސަތު ހޯދުން."

ގްރީން ސްޓްރީޓްގެ ޓީމުގައި، އޭނާ ފުރުތަމަ މެޗެއް ކުޅުނީވެސް، މި އަހަރުގެ މާލޭ ލީގްގެ ދެ ވަނަ ބުރުގައި ވަރުގަދަ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. މެޗުގެ އެންމެ ފަހު 15 މިނެޓްގައި، ގްރީންގެ ކޯޗް އަލީ ސުޒޭން ވަނީ އޭނާއަށް ފުރުސަތު ދީފަ އެވެ. އޭނާއަށް ލިބުނު ދެ ބޯޅައިގައި ވެސް، ނިއުގެ ތަޖުރިބާކާރު ކުޅުންތެރިންނާ ދެކޮޅަށް ކުޅެން އޭނާ މަސައްކަތް ކުރި އެވެ.

އޭގެ ފަހުން މާލޭ ލީގްގެ އެންމެ ފަހު ދެ މެޗުގައި އޭނާއަށް ގިނަ ވަގުތުތަކެއްގައި ކުޅެން ފުރުސަތު ލިބުނެވެ. ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ޔާމީނާ ބެހޭގޮތުން ސުވާލު ކުރުމުން، ސުޒޭން ބުނީ ފުރުތަމަ ފުރުސަތުގައި ވެސް އޭނާ މަސައްކަތް ކުރާތަން ފެނިގެންދިޔަ ކަމަށެވެ.

"އެންމެ ބޮޑު ހިތްވަރަކީ ކޯޗް ކުރާ އިތުބާރު، ދެން ގްރީން ސްޓްރީޓުގެ މެނޭޖުމެންޓް ގްރީން އިން ފުރުސަތު ލިބުނީމަ މާއްޓޭގެ ނަން ފާހަގަ ކޮށްލަން،" އޭޕްރީލް މަހު އަވަސްއަށް ދިން އިން އިންޓަވިއުއެއްގައި ޔާމީން ބުންޏެވެ. "އަޅުގަނޑަށް ގްރީންގައި ކުޅެން ފުރުސަތު ދިނީ ސުޒޭން ކޯޗް، ޕްރެކްޓިހުގައި [ސޯބޯލް] އިލިއާ ކުޅޭ މާގަމަށް ކޯޗު ފުރުސަތު ދެނީ އަޅުގަނޑަށް، އެހާ މޮޅު ކުޅުންތެރިޔެއްގެ ކުޅޭ މަގާމަށް ކޯޗް އަޅުގަނޑަށް ފުރުސަތު ދޭނީ އިތުބާރު ކުރާތީ."

ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުގައި ޔާމީން (17) ދަނޑަށް އަރަން ތައްޔާރު ވަމުން ދިޔައިރު ކޯޗް (ކ) އޭނާ އަށް އިރުޗާދު ދެނީ ---

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމު ގަތަރަށް ދިއުމަށް ފުރަން އައި ދުވަހު ޔާމީން ފުރުވަން އޭނާގެ ބައްޕަ ވެސް އައިސް ހުއްޓެވެ. އެއީ ޔާމީނަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. އޭނާގެ އެންމެ ބޮޑު ސަޕޯޓަރުންނަކީ މަންމަ އާއި ބައްޕަ އެވެ.

"މަންމަ އާއި ބައްޕަ އެންމެ ސަޕޯޓް ދެނީ، އަބަދުހެން ގުޅާފަ ވާހަކަ ދައްކާނެ."

ހޯރަފުށީގެ މަގުމަތީގައި އޭނާއަށް ވުރެ އުމުރުން ދޮށީ މީހުނާ ދެކޮޅަށް ކުޅެން އުޅުނު ކުޅުންތެރިޔާ މިހާރު އެ ހުރީ ރާއްޖޭގެ ސީނިއާ ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުގަ އެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އާދަމްބެ

ސުރުހީ ލިޔާއިރު ކުޑަކޮށް ބަލާލާގެން ލިޔެބަލަ.. ސުރުހީ ފެނިފާ ކިރާ ދެކޮޅުން ހާއްޖަތައް ނުދެވުނީ..

ރާވެެެެރިބޭ

މަވެސް ރުކަށްއަރާއޮއްވަ ތިރީގަ ހުރިކުއްޖާ ތިސުރުހީ ކިޔާލި އަޑު އިވިގެން ކިރިޔާ ބޯކޮޅުވަތަށް ނުވެއްޓުނީ..

ފާތިމަ

ބޯކޮށާލަނީކަޮއް ވަރއްސަޅިވާނެ. އިރާދަކުރެއވިޔާ ދެވަނަ ދަގަޑޭއައްވާނެ..

މީދޯ

ޢުމެއިރު ފޮނުވާލާފަ މީނަބެހެއްޓީ ކެމްޕެއިން ކުރަން ދެއްތޯ؟

މޮޔަކަން

ހުވާ، މަހީކުރީ ގަޓްރައީސް ކޯޓުން ހޮވާދިނީކމަށް//// ދެން ނޫސްވެރިންވެސް ދަމާ ގުއިރޯނު ވިއްޔާ/// މި ހޮވުނު ޔާމީނާށް މަރުހަބާ

ވަގުކަލޭގެ

އަސްލުވެސް މިދުވަސްކޮޅު ތިގޮތަށް ނުލިޔެބަލަ.. ތި ސުރުޙީ ފެނިފައި މަ ކިރިޔާ ކަރަންޓްގައި ނުޖެހުނީ..

ސިހުނު

އިންތިހާބީ މިދުވަސްކޮޅު ހިތް ހުއްްޓުން އަރާ ކަަހަލަ ސުރުހީ ނުލިޔެބަލަ.

އަހަރެން

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމު ގަތަރަށް ދިއުމަށް ފުރަން އައި ދުވަހު ޔާމީން ފުރުވަން އޭނާގެ ބައްޕަ ވެސް އައިސް ހުއްޓެވެ. ކިހާފުރިހަމަ ވަގުތު ކޮޅެއްތޯ! ދަރިފުޅައް ހިއްވަރު ދިނުމުގެ ގޮތުން ދަރިފުޅުގެ ބައްޕަ’ ދަރިންގެ މުސްތަގުބަލް އުޖާލާ އުފާވެރިކަން ގެނެސްދިނުމުގަ މަންމަޔާ ބައްޕަގެހިއްސާ ވަރައްބޮޑު ހާއްސަކޮއް ފިރިހެންކުދިންގެ މުސްތަގުބަލް އުފާވެރިކަން ގުޅިފަވަނީ ބައްޕަޔާ ސަބަބެއް ނެތިގެނެއްނޫން އެދަރިޔައް ބައްޕަގެއެހީ ބޭނުންވާނެ ވަގުތުތައް ވަރައްގިނައިން ކުރިމަތިވާނެ’ ބޮޑުވެ ތަސައްވަރު ފުދިފަފަތިބޭ ފިރިހެން ދަރިން މަންމައިންކައިރީ ދައްކަން ނުކެރޭކަހަލަ ލަދުވެތި ވާހަކަތައް ހުންނާނެ’ މިފަދަ ވަގުތުތަކުގަ އެދަރިޔަކައް ބޭނުންވާނީ ބައްޕަގެ އެހީޔާމަދަދު އެބައްޕަގެހިޔާލު!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345