ރާއްޖޭގައި ބާއްވާ ވިޔަފާރީގެ އެންމެ ބޮޑު ފެއާ ކަމަށްވާ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2018، މިމަހުގެ 9-12 ދަރުބާރުގޭގައި އޮންނާނެ އެވެ. އެހެންވެ މި ފެއާއަށްޓަކައި ޓޫރިޒަމް ދާއިރާގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ތިބީ ލޯ އަމާޒު ކޮށްގެންނެވެ. ސަބަބަކީ ފެއާގެ ތެރެއިން ޓްރެވަލް އެންޑް ޓޫރިޒަމް އާއި ގުޅުންހުރި ހިދުމަތްތަކާއި އުފެއްދުންތައް ލިބެން ހުރުމެވެ. ތިރީގައި އެވަނީ މިފެއާ ރާއްޖެއަށް ހާއްސަވާ ފަސް ސަބަބެވެ.
ބާއްވާތާ 14 އަހަރު، ބޮޑު އިތުބާރެއް
ހޮޓެލް އޭޝިއާއަކީ ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ އެއް ފެއާއެވެ. ފެއާ ފުރަތަމަ ރާއްޖޭގައި ބާއްވާފައިވަނީ 2000 ވަނަ އަހަރު އެވެ. މިފެއާ ބާއްވަމުން އަންނަނާ 14 އަހަރު މި އަހަރަށް ފުރޭނެ އެވެ. ފުރަތަމަ ފެއާގައި 40 އަކަށް ސްޓޯލް ހުރިނަމަވެސް މި އަހަރު 180 ސްޓޯލެއް ހުންނާނެ އެވެ. މިއީ ދަރުބާރުގޭގައި ފެއާއެއް ބޭއްވޭނެ އެންމެ ގިނަ އަދަދެވެ.
ޝެފުން ނަށް އީދެއް؛ އެންމެ ބިޔަ މުބާރާތް
ހޮޓެލް އޭޝިއާ ފުރިހަމަ ވަނީ މިފެއާގެ އެއް ދުވަސްކުރިން ފެއާގެ ތެރޭގައި އޮންނަ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ ސަބަބުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ކައްކާއިންނާއި ރާއްޖޭގެ ކައްކާއިން އަދި ރާއްޖޭގެ ގިނަ ރިސޯޓުތަކުގެ ތަޖުރިބާކާރު ޝެފުން ބައިވެރިވާ ކަލިނަރީ ޗެލެންޖުގައި މި އަހަރު 75 ރިސޯޓަކުން 700 މީހުން ވަނީ ބައިވެރިވެފަ އެވެ. މި އަހަރުގެ މުބާރާތް ޖަޖު ކުރުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރާނީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑް ޝެފްސް- ޑަބްލިއުއޭސީއެސް) އިންނެވެ. މިއީ ކަލިނަރީ ޗެލެންޖު ވަރުގަދަ ވުމުގެ އެއް ސަބަބެވެ. އަދި މިއަށް ބާރުދެނީ މި ދާއިރާގައި މަޝްހޫރު މޫނެއް ކަމަށްވާ ޝެފް އެލަންޕާމާ ޖަޖުންގެ ޕެނަލްގައި ހިމެނުމެވެ.
ބެސްޓް ބައި މޯލްޑިވްސް- މެއިން ސްޕޮންސާ
ހޮޓެލް އޭޝިއާ" މިނަން އަންނަ ނަމަ ނަމުގެ އަރިމަތީގައިނަމަވެސް، ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިންނާނެ އެވެ. މި ފެއާ ފުރިހަމަ ވަނީ މެއިން ސްޕޮންސާ ބީބީއެމްއާއެކުގަ އެވެ. ސަބަބަކީ ފެއާގައި އޮންނަ އެންމެ މުހިންމު ބައި ކަމަށްވާ ކަލިނަރީ ޗެލެންޖުގައިވެސް އެ ކުންފުނީގެ ބައިވެރިވުން ބޮޑުވުމެވެ. ހޮޓެލް އޭޝިއާގެ- ކަލިނަރީ ޗެލެންޖުން އެންމެ ފާހަގަ ކުރެވޭ ތަރިން ހޮވައި، އެ މީހުންނަށް ތަމްރީންވުމުގެ އަގު ހުރި ގިނަ ފުރުސަތުތަކެއް ދެމުން ގެންދެ އެވެ. އަދި އިނާމުތައް ހުށަހެޅުންވެސް ހިމެނެ އެވެ.
އެންމެ ގިނަ ސްޓޯލާއި އުފެއްދުންތައް
މި އަހަރުގެ ފެއާގައި ވެސް 46 ގައުމަކުން 250 ކުންފުނި ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ކުންފުނިތަކުން 2،000 އަށްވުރެ ގިނަ ބްރޭންޑް ޑިސްޕްލޭ ކުރާނެ އެވެ. މި އަހަރުގެ ފެއާގައިވެސް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކުން ފެއާގައި ބައިވެރިވެ، ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށް ނެރެފައިވާ އެންމެ ފަހުގެ އުފެއްދުންތަކާއި ފަރުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ދައްކާލާނެ ކަމަށެވެ. އަދި ފެއާގެ ތެރޭގައި ކެއުން ބުއިމަށް ހާއްސަކޮށް ތަކެތި އުފައްދާ ކުންފުނިތަކުގެ އުފެއްދުންތަކާއި އިމާރާތްތައް ފަރުމާކުރުމާއި ކުނި ނައްތާލަން ބޭނުންކުރާ ފަހުގެ ޓެކްނޮލޮޖީސްތައް ދައްކާލަން ބަހައްޓާނެ ކަމަށެވެ. އަދި އައުޓް ޑޯ ފަރުނީޗަރާއި ސޮފްޓްވެއާ ސިސްޓަމްތަކާއި ސެކިއުރިޓީ އާލާތްތައްވެސް ދައްލާނެ އެވެ.
މެކްސްގެ ތަޖުރިބާ، ފުރިހަމަވުމުގެ ބައެއް
ލަންކާ އެގްޒިބީޝަން އެންޑް ކޮންފަރެންސް ސާވިސަސް (އެލްއީސީއެސް) އަކީ ފެއާތައް އިންތިޒާމު ކުރުމުގައި އޭޝިއާގައި އެންމެ މަޝްހޫރު އެއް ކުންފުންޏެވެ. ހޮޓެލް އޭޝިއާ ރާއްޖޭގައި ބާއްވާ ލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އަކީ މި ކުންފުނީގެ އެއް ބައެވެ. އެހެންވެ ދެ ކުންފުނީގެ ބައިވެރިވުމާއެކު މި ފެއާވަނީ ކާމިޔާބު ފެއާއެއްގެ ގޮތުގައި މުޅި ދުނިޔެ އަށް ދައްކާލާފަ އެވެ.