ދުނިޔޭގައި މަސް ގަންނަ ގިނަ އަދި ބޮޑެތި ބާޒާރު ތަކުގައި މިދިޔަ ހަފުތާއިން ފެށިގެން މަހުގެ އަގުތަށް ވަރަށް ބޮޑުތަން ދަަށަށް ގޮސްފި އެވެ.
މަސްވެރިންނަށް މަސްވެރިކަމުގެ މައުލޫމާތު ހާމަކޮށްދޭން ފިޝަރީޒް މިނިސްޓްރީން އާއްމު ކުރަމުންދާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭން އެންމެ ގިނައިން ރޯމަސް ވިއްކާ ތައިލެންޑުގެ ބާޒާރުގައި މިދިޔަ މަހު ރޯމަސް ޓެނެއް ހުރީ 24.672ރ. އަށެވެ. ނަމަވެސް 12.50 ޕަސެންޓުގެ ދަށްވުމާއެކު، މިހާރު ހުރީ 21،588ރ. އަށެވެ. ޓޯކިއޯ ބާޒާރުގައި 286.80ރ. އަށް ކުރިން ވިއްކި މަސް ޓަނެއް މިހާރު ވިކެނީ 286.13ރ. އަށެވެ. މިއީ 6.96 ޕަސެންޓުގެ ދަށްވުމެކެވެ. އަދި ސްޕެއިންގެ ބާޒާރުގައި މީގެ ހަފުތާއެއް ކުރިން 154.35ރ. އަށް ލިބެން ހުރިއިރު، މިހާރު ހުރީ 154ރ. އަށެވެ. މިއީ 0.22 ޕަސެންޓުގެ ދަށްވުމެކެވެ.
ޓޯކިއޯ ބާޒާރުގައި 286.80ރ. އަށް ކުރިން ވިއްކި މަސް ޓަނެއް މިހާރު ވިކެނީ 286.13ރ. އަށެވެ. މިއީ 6.96 ޕަސެންޓުގެ ދަށްވުމެކެވެ. އަދި ސްޕެއިންގެ ބާޒާރުގައި މީގެ ހަފުތާއެއް ކުރިން 154.35ރ. އަށް ލިބެން ހުރިއިރު، މިހާރު ހުރީ 154ރ. އަށެވެ. މިއީ 0.22 ޕަސެންޓުގެ ދަށްވުމެކެވެ.
ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަަށުގައި ހުރިނަމަވެސް ރާއްޖޭގައި ކަނޑު މަސް ގަންނަ އަގަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ނަމަވެސް ބޮޑު ކަންނެލި ގަންނަ ކުންފުނިތަކުން މިދިޔަ ހަފުތާގައި 78.80ރ. އަށް ކިލޯއެއް ގަތްއިރު، މިހާރު ގަންނަމުންދަނީ 71ރ. އަށެވެ.