ވިޔަފާރި

ސޮނީ އިން މަސްވެރިކަމުގެ ސާމާނު ވިއްކާ ފިހާރައެއް ހުޅުވައިފި

ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ މަސްވެރިކަމުގެ ސާމާނު ވިއްކާ ފިހާރައެއް ސޮނީ ހާޑްވެއާ އިން ހުޅުވައިފި އެވެ.

ބޮޑު ތަކުރުފާނު މަގު، މަސް މާރުކޭޓު ކައިރީގައި ހުންނަ ސޮނީ ބިލްޑިންގައި ހުޅުވި "ސޮނީ ފިޝިން" ފިހާރާގައި ލިބެން ހުރީ، ސޮނީ ހާޑްވެއާ އިން ވިއްކި މަސްވެރިކަމުގެ ގިނަ ސާމާނެވެ.

މަސްވެރިންގެ ދުވަހާ ދިމާކޮށް، ސޮނީ އިން ހުޅުވި މި ފިހާރާ އިން ލިބެން ހުރި ބްރޭންޑްތަކުގެ ތެރޭގައި ޖަޕާނުގެ ޝިމާނޯ ބްރޭންޑުގެ ރީލް އާއި މަސް ބުރި އަދި މަސް ވަދު ވެސް ހިމެނެ އެވެ. މީގެ އިތުރުން އެޓޯލް ހަންޓާ ފިޝިން ބެއިޓް އަދި އެޓޯލް ފިޝިން ޓްރެކާ އާއި މަސް ޓްރާޑް ބުޅި އަދި މި ނޫންވެސް ސާމާނު ހިމެނެ އެވެ.

ސޮނީ ފިޝިން ފިހާރަ ހުޅުވުމުގެ ގޮތުން 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފަ އެވެ. މި ޕްރޮމޯޝަންގައި އެ ފިހާރަ އިން ވިއްކާ ހުރިހާ ބާވަތް ތަކަކުން ވަނީ އަގު ހެޔޮކޮށްފަ އެވެ.

ސޮނީ ފިޝިން ފިހާރާގައި ސޮނީ ހާޑްވެއާ އިން ކުރިން ރާއްޖެ އަަށް ތައާރަފު ކުރި ޝިމާނޯ ބްރޭންޑް މަސްވަދުގެ މޯލްޑިވްސް އެޑިޝަން ވެސް ވިއްކަ އެވެ. މިއީ ރިކްރިއޭޝަން ފިޝިން ކޮމިއުނިޓީގެ މެދުގައި މަގުބޫލު އުފެއްދުމެކެވެ.