މާޅޮސް

އުރީދޫ އާއި އެލައިޑު ގުޅިގެން މާޅޮހުގައި ކޮމިއުނިޓީ ހަބެއް

Sep 3, 2018

ޔޫއެންޑީޕީއިން ފަށާފައިވާ މަޝްރޫއުއެއްގައި ބައިވެރިވެ، އުރީދޫ މޯލްޑިވްސް އާއި އެލައިޑު މޯލްޑިވްސް ގުޅިގެން ބ. މާޅޮހުގައި ކޮމިއުނިޓީ ހަބެއް ގާއިމްކޮށްފި އެވެ.

ޔޫއެންޑީޕީ އިން ތަޖުރިބާ ކުރުމުގެ ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން ގާއިމްކުރި ލެބުގައި އެލައިޑުން ވަނީ ފަސް ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފަ އެވެ. އަދި އިންޓަނެޓުގެ ހިދުމަތް ދީފައިވަނީ އުރީދޫ މޯލްޑިވްސް އިންނެވެ.

މި ޕްރޮގްރާމުގެ ދަށުން ޔޫއެންޑީޕީ އިން މާލޮޅުގައި ދިވެހި ޒުވާނުންނަށް ތަމްރީން ދޭން ހާއްސަ ޕްރޮގްރާމުތަކެއް ގާއިމް ކުރާނެ އެވެ. މިގޮތުން މި ކޮމިއުނިޓީ ހަބްގައި އައިޓީ ދާއިރާ އާއި ހައުސްކީޕިން ދާއިރާ އަދި ގްރެފިކްސް ޑިޒައިނިން އާއި ލީގަލް އެވެއާނަސްގެ އިތުރުން އެފްއެންބީ އާއި މާކެޓިން އެންޑް ކޮމިއުނިކޭޝަން ދާއިރާ އިން ޒުވާނުންނަށް ތަމްރީން ދޭނެ އެވެ.