ދުނިޔެ

ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް ކަސްރަތު ނުކުރާކަމުގެ އިންޒާރު

Sep 5, 2018

ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް އެކަށީގެންވާ މިންވަރަށް ކަސްރަތު ނުކުރާތީ، ސިއްހީ މައްސަލަތައް އިތުރުވާކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތާއިބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ދީފި އެވެ.

އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ދުނިޔޭގެ ޖުމްލަ އާބާދީގެ 1.4 މިލިއަން ކަސްރަތު ނުކުރާ ކަމަށާއި، 2001 ވަނަ އަހަރުން ފެށިގެން އެ އަދަދަށް އެއްވެސް ބަދަލެއް އައިސްފާނުވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެކަށީގެން މިންވަރަށް ކަސްރަތު ނުކުރާތީ ހިތުގެ ބަލިތަކުގެ އިތުރުން، ހަކުރު ބައްޔާއި ކެންސަރުޖެހުން އިތުރުވެފައިވާކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ކަސްރަތުނުކުރާ މީހުން ގިނައީ އިނގިރޭސިވިލާތް ފަދަ ކުރި އަރާފައިވާ ގައުމުތައް ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ޑަބްލިއުއެޗްއޯގެ ދިރާސާގައި 168 ގައުމަކުން 1.9 މިލިއަން މީހުންގެ މައުލޫމާތު ހިމަނާފައިވެ އެވެ. އެންމެ މަދުން ކަސްރަތު ކުރާ ގައުމުގެ ގޮތުގައި 67 ޕަސަންޓާއެކު ކުވެއިތު ހިމެނިފައިވާއިރު، އެންމެ ގިނައިން ކަސްރަތު ކުރާ މީހުން އުޅެނީ ޔުގަންޑާ އަދި މޮޒްމްބީކުގަ އެވެ.