ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި އަލުން ތަރައްގީކޮށް މިރޭ ހުޅުވާލި އެ މަގުގެ ސަރަހައްދުތަކުގައި ޕާކް ކުރުން މަނާކޮށްފައި ވަނިކޮށް ޕާކް ކުރަން ފަށާފައިވާތީ އެފަދަ އުޅަނދުތަކާއި ވެހިކަލްތައް ޓޯ ކުރަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ މިރޭ ހުޅުވާލި އަލަށް ތަރައްގީ ކުރި މަގުގައި އެއްވެސް ބާވަތެއްގެ އެއްގަމު އުޅަނދެއް ޕާކު . ނުކުރެވޭނެ ކަމަށާއި މަގުން އަލަށް ތަރައްގީ ކުރި ސަރަހައްދުގައި ޕާކްކޮށްފައި ހުރި ވެހިކަލްތައް ނެގުމަށް އިލްތިމާސް ކުރާ ކަމަށާއި އެގޮތަށް ނުނަގާނަމަ، އަދި ޕާކުރާ ނަމަ އެފަދަ ހުރިހާ އުޅަނދެއް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން މިހާރު ފަށާފައިވާ ކަމަށެވެ.
ރިންގް ރޯޑް އެއްކޮށް ހުޅުވާލީ މިރޭ 8:00 ޖެހި އިރު އެވެ. މަގުތައް ހުޅުވާލުމާއެކު ގިނަ އަދަދެއްްގެ ބަޔަކު ވަނީ އެ މަގުތަކުގެ ބޭނުން ހިފަން ފަށާފަ އެވެ.