ހަބަރު

އާ މަގު ހުޅުވިތާ 24 ގަޑިއިރު ނުވަނީސް އެކްސިޑެންޓެއް ވެއްޖެ

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، އަލަށް ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް އެ މަގުގައި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެކްސިޑެންޓު ހިނގާފައި ވަނީ އާ މަގުން ބާރަށް ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެނެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ނުވެ އެވެ. އެ ހާދިސާއާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ހަތަރު ލޭންއެއް ހިމެނޭ ގޮތަށް މަގު ފުޅާކޮށް ފެރީ ޓާމިނަލުން ސިނާއީ އަވަށަށް ތާރު އަޅާ މަަގު ހުޅުވާފައި ވަނީ ރޭ 8:00 ޖެހިއިރު އެވެ. މިއަދު ގިނަ އަދަދަކަށް މީހުން އެ މަގު ބޭނުން ކުރަމުން ދިޔަ އިރު ބްރިޖު ވެސް ހުޅުވާލުމާއެކު މަގު އިތުރަށް ތޮއްޖެހުނެވެ.

ޓްރެފިކް ފުލުހުން އަންނަނީ ރިންގް ރޯޑާއި ބްރިޖު ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަމުންނެވެ.