ލ. މާމެންދޫ

ލ. މާމެންދޫ ނަރުދަމާގެ ހިދުމަތް ރައީސް ފައްޓަވައި ދެއްވައިފި

Sep 8, 2018

ރައީސް އަބްުދުﷲ ޔާމީން އަބްދުލްގައްޔޫމް، ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މާމެންދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވައިފި އެވެ.

މިއަދު ހެނދުނު މާމެންދޫގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން އެކަމަށްޓަކައި ހާއްސަ ކޮށްފައިވާ ހަނދާނީ ބިނާގެ ރިބަން ކަނޑުއްވައި ދެއްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިއަދު ހެނދުނު ވަނީ ލ. ހިތަދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފަ އެވެ.