ހުޅުލެ އާއި ހުޅުމާލެ ދެމެދު އަލަށް ހެދި ހައިވޭގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައި ދެ ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.
ސިނަމާލޭ ބްރިޖުން ހުޅުމާލެއަށް ދެވެން އޮންނަ ހައިވޭގައި މިއަދު ދުއްވާފައި ދިޔަ ޕިކްއަޕްއަކާއި ސައިކަލެއް ޖެހި ދެ ބިދޭސީއަކަށް ވަނީ އަނިޔާވެފަ އެވެ. އެއް ބިދޭސީ މީހާގެ މޫނު މަތީން މަށައިގެން ދިޔަ އެވެ. ނަމަވެސް އެކަކަށް ވެސް ސީރިޔަސް އަނިޔާތަކެއް ނުވެ އެވެ.
ފުލުހުން އެ ސަަރަހައްދުގައި ހަރަކާތްތެރިވެ އެ މައްސަލަ ހިނގައިދިޔަ ގޮތް ބެލި އެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ބްރިޖު ހުޅުވިތާ ދެ ދުވަސްވީ އިރު މާލޭ ރިންގް ރޯޑާއި ބްރިޖު މަަތީގަ އާއި ހައިވޭގައި ގިނަ އެކްސިޑެންޓުތަކެއް ހިނގަމުން އެބަ ދެއެވެ. ޓްރާންސްޕޯޓާއި ފުލުހުން ގުޅިގެން އެކްސިޑެންޓުތައް މަދު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުންް ހެލްމެޓު އަޅައިގެން ދުއްވުމާއި ގަވައިދުގައިވާ ލޭންތަކާ އެއްގޮތަށް ދުއްވުމަށް ޓްރާންސްޕޯޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.