ވިޔަފާރި

މިހާރު ބްރިޖުން ދުއްވާލާފަ، އެއާޕޯޓަށް ފުރަން ދެވޭނެ

Sep 10, 2018
5

ބްރިޖާއި އެއާޕޯޓު ގުޅުވައިދޭ މަގު ހުޅުވާލުމާއެކު، ބްރިޖުން ދުއްވާލާފައި އެއާޕޯޓަށް ފުރަން ދެވޭނެ މަގު ތަނަވަސް ވެއްޖެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ރޭ ވަނީ ބްރިޖުން އަންނަ އަމިއްލަ ހުޅަނދު ފަހަރު ޕާކު ކުރަން ހާއްސަކޮށް ހެދި ސަރަހައްދު އާއްމުން ނަށް ހުޅުވާލާފަ އެވެ. ސަރަހައްދު ހުޅުވައިލުމާއެކު މާލެއިން ހުޅުލެއަށް ދާ މީހުންނާއި ހުޅުލެ އިން މާލެ އަށް އަންނަ މީހުންނަށް ކުރިން ދަތުރުކުރި ފެރީގެ ބަދަލުގައި ފަސޭހަކަމާއެކު އެއްގަމު މަގުން ދަތުރު ކުރުމުގެ ފުރުސަތު ފަހި ވެގެންދާނެ އެވެ.

މިހާރު ހުރި އިންޓަނޭޝަނަލް ޓާމިނަލްއާ ދިމާލުގައި ހެދި މި ސަރަހައްދުގައި ހުޅުލެ އަށް އަންނަ ޕްރައިވެޓް އުޅަނދު ފަހަރު ޕާކު ކުރެވޭނެ އެވެ. މި ސަރަހައްދުގައި އެއް ފަހަރާ 100 ކާރު ޕާކު ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. މިހާރު ހުރި އިންޓަނޭޝަނަލް ޓާމިނަލްއާ ދިމާލުގައި ހެދި މި ސަރަހައްދުގައި ހުޅުލެ އަށް އަންނަ ޕްރައިވެޓް އުޅަނދު ފަހަރު ޕާކު ކުރެވޭނެ އެވެ. މި ސަރަހައްދުގައި އެއް ފަހަރާ 100 ކާރު ޕާކު ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

އެމްއޭސީއެލް އިން ވަނީ ބްރިޖު ހުޅުވުމާއެކު އެއާޕޯޓަށް ދާ މީހުންގެ ވެހިކަލް ޕާކު ކުރަން ފީއެއް ނަގަން ނިންމައި އެކަން އިއުލާނު ކޮށްފަ އެވެ. އެއާޕޯޓަށް ވަންނަ ވެހިކަލްތަކުން ފީ ނެގުމުގައި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރާއި ދެ ފުރޮޅުލީ އުޅަނދު ފަހަރަށް ނަގަނީ ތަފާތު އަގު ތަކެކެވެ. މިގޮތުން ހަތަރު ފުރޮޅީ އުޅަނދެއް ނަމަ އެއް ގަޑިއިރަށް ނަގަނީ 20ރ. އެވެ. އަދި ދެ ގަޑިއިރަށް 30ރ. ނަގާނެ އެވެ. އަދި ތިން ގަޑިއިރަށް 40ރ. ނަގަ އެވެ. މީގެ އިތުރުން އަދި މިއަށްވުރެ އިތުރުވާ ކޮންމެ ގަޑިއަކަށް 30ރ. ނަގަ އެވެ. އަދި ސައިކަލް ތަކަށް ގަޑިއިރަކަށް ނަގާނީ 10ރ. އެވެ. އަދި ދެ ގަޑިއިރަށް 15ރ. އަދި ތިން ގަޑިއިރަށް 20ރ. ސައިކަލް ޕާކިން އަށް ނަގާނެ އެވެ. އަދި ތިން ގަޑި ވުރެ އިތުރުވާނަމަ 10ރ. ނަގާނެ އެވެ.