ހަބަރު

ފިހާރައެއްގައި ރޯވެ، އެކިވަރުގެ ގެއްލުންތައްވެއްޖެ

Sep 13, 2018

ޗާންދަނީމަގުގައި ހުންނަ ފިހާރައެއްގައި ރޯވެ، އެކިވަރުގެ ގެއްލުންތައް ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، ޗާންދަނީމަގުގައި ހުންނަ "ޝޮޕްކޮމް" ފިހާރައިގައި ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 3:20 އެހާއިރު ކަމަށެވެ. ރިޕޯޓް ލިބުމާއެކު ސިފައިން އެސަރަހައްދަށް ގޮސް އެފިހާރާގައި ރޯވެފައިވާ އަލިފާން ގަނޑު ނިއްވާލާފައިވަނީ ދަންވަރު 3:50 އެހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާގައި ރޯވެފައިހުރީ އެފިހާރާގައި ހުރި ކަރުދާސް ފައިލް ތަކެއްގައި ކަމަށާއި އެއްވެސް މީހަކަށް އެހާދިސާގައި ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އަލިފާނުގެ ސަބަބުން ފިހާރައަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހްގީގް ކުރަމުންނެވެ.