ހަބަރު

ވެމްކޯއިން ކުޅުދުއްފުށި ކުނިކޮށި ހުސްކުރަނީ

ހދ. ކުޅުދުއްފުށީގެ ކުނި ކޮށި ހުސްކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯއިން ފަށައިފި އެވެ.

ކުޅުދުއްފުށީ ކުނި ކޮށްޓަކީ ކުނި ނައްތާލުމުގެ މައްސަލަތައް ވަރަށް ބޮޑުވެފައިވާ ތަނެކެވެ. އެ ތަނުގައި ކުނި ނައްތާލަނީ ކުނި އަންދައިގެންނެވެ. އޭގެ ސަބަބުން ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދަތިވެ އެވެ.

ވެމްކޯއިން މިއަދު ބުނީ ކުޅުދުއްފުށީ ކުނި ކޮށި ސަރަހައްދު ސާފުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެ މައްސައްކަތަށް ބޭނުންވާ ލޭންޑިން ކްރާފްޓްތައް މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ.

މަސައްކަތް އިތުރަށް ހަލުވިކުރުމަށް އަދިވެސް ކުޅުދުއްފުއްޓަށް ލޭންޑިން ކްރާފްޓްތައް ގެންދާނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ވަރަށް ބޮޑަށް ހައްލުކޮށްފަ އެވެ. މިހާރު ވެމްކޯއިން ދަނީ އައްޑޫ ސިޓީގައި ވެސް ހިދުމަތް ދެމުންނެވެ.