ހަބަރު

ޓޫރިޒަމަށް އައްޑޫއިން ބިން ދޫކުރަނީ

Sep 14, 2018
1

އައްޑޫ ސިޓީ އިންޓަގްރޭޓަޑް ޓޫރިޒަމް ޒޯންގެ ދަށުން އައްޑޫ ސިޓީގައި ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ބިޑު އުސޫލުން ބިން ދޫކުރުމުގެ ފުރުސަތު މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިރޭ ހުޅުވާލައިފި އެވެ.

އެ ކޯޕަރޭޝަނުން މިރޭ ކުރި އިއުލާނެއްގައި ބުނީ އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ، މީދޫ އަދި ހިކަހެރަ ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ބިން ބޭނުންފުޅުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ އިއުލާންގައި ދޫކުރަން ހަމަޖެހިފައިވާ ބިންތަކުގެ ތަފްސީލް ހިމަނާފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބު ގާތްވެފައިވަނިކޮށް އައްޑޫ ސިޓީއިން ބިން ދޫކުރަން ހަމަޖެހިފައިވާއިރު ބައެއް ބޮޑެތި އެހެން ރަށްރަށުން ވެސް ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫ އާއި ލ. ގަމުން ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.