ހަބަރު

ހައުސިންގެ ލޭބާކުއާޓަރުގައި ރޯވެ ހަތަރު ބިދޭސީއަކަށް އަނިޔާވެއްޖެ

Sep 15, 2018
2

ރޭ ދަންވަރު މާލެ ސިޓީގައިހުރި ހައުސިން މިނިސްޓްރީގެ ލޭބާ ކުއާޓަރުގައި ރޯވެ އެތަން އަނދައި ހަތަރު ބިދޭސީއަކަށް އެކިވަރުގެ އަނިޔާވެެއްޖެ އެވެ. ރޭ ގާތްގަނޑަކަށް 3:00 ގައި ރޯވި އަލިފާންގަނޑު ސިފައިން ވަނީ މިހާރު ނިންވާލައިފަ އެވެ.

ފުލުހުންގެ ޓޯ ޔާޑާ އިންވެގެން ދެ ބުރިއަށް ހަދާފައިވާ ހައުސިން މިނިސްޓްރީގެ ލޭބަރ ކުއާޓާގައި ރޯވި އަލިފާންގަނޑު ރޭ 3:40 އެހާކަންހާއިރު ނިންވާލެވުނު އިރު، ލޭބާ ކުއާޓާ ވަނީ އެއްކޮށްހެން އަނދާހުލިވެފަ އެވެ. އަދި އޭރު އެތަނުގައި ނިދާފައި ތބި ހަތަރު ބިދޭސީއަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ރޯވި އަލިފާންގަނޑު ފެތުރި އިންވެގެން ހުރި ޕޮލިސް ޓޯޔާޑަށް ވެސް އަލިފާނުގެ އަސަރުކޮށް އެ އިމާރާތަށް ވެސް ގެއްލުންވި އެވެ.

ސިފައިން ބުނީ އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ސިފައިން ބުންޏެވެ.