ވިޔަފާރި

ސުޕަމާޓަށް އިތުރުކުރި ބައި ރޯދައަށް ހުޅުވޭނެ: އެސްޓީއޯ

މި އަހަރުގެ ރޯދަ މަސް އަންނަން ވާއިރަށް އެސްޓީއޯ ސުޕަމާޓަށް އިތުރުކުރި ބައި ހުޅުވޭ ވަރުވާނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން އެސްޓީއޯގެ އެމްޑީ އަހުމަދު ޝަހީރު ވިދާޅުވީ ސުޕަމާޓު ހުޅުވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށެވެ.

އެސްޓީއޯ ސުޕަމާޓު ބޮޑު ކުރުމުގެ ގޮތުން މިހާރު ހުރި ޖާގަވަނީ އެތައް ގުނައެއް އިތުރުކޮށް ބޮޑުކުުރުމުގެ މަސައްކަތް ކުރަމުންނެވެ. ސުޕަމާޓުގެ މަރާމާތު ނިމުމުން އާއިލާ އެއްކޮށް ގޮސް ވިޔަފާރިކޮށްލުމަށް އެކަށީގެންވާ މާހައުލެއް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ރާއްޖޭގެ އެންމެ ޒަމާންވީ އެއް ފިހާރަ ކަމަށްވާ އެސްޓީއޯ ސުޕަމާޓު ބޮޑު ކުރުމުގެ މަސައްކަތް ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭ ހިސާބުގަ އެވެ. ނަމަވެސް އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހިންގަމުން ގެންދިޔަ ބައެއް ވިޔަފާރިތައް އެތަނުން ނެރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މަސައްކަތް ވަނީ ލަސްވެގެން ގޮސްފަ އެވެ.