ސާފް ސުޒުކީ ކަޕް

މަރުހަބާ! ވަރުގަދަ އިންޑިއާ ބަލިކޮށް ދެކުނު އޭޝިޔާގެ ޗެމްޕިއަނަކަށް ރާއްޖެ

ލަނޑަށްފަހު އުފާ ފާޅު ކުރަނީ - ފޮޓޯ: އެފްއޭއެމް
76.9%
23.1%
0%

ފައިނަލުގައި، ބޮޑު އިންޑިއާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ދެކުނު އޭޝިއާގެ ޗެމްޕިއަން ރާއްޖެއިން ހޯދައިފި އެވެ.

މިއީ 10 އަހަރަށް ފަހު، ސާފު މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދި ފުރަތަމަ ފަހަރެވެ. ރާއްޖެއިން ފުރަތަމަ ޗެމްޕިއަންކަން ހޯދީ 2008 ވަނަ އަހަރު އެވެ.

ރާއްޖޭގެ ފުރަތަމަ ލަނޑު، މެޗުގެ 19 ވަނަ މިނެޓްގައި، ޖެހީ އިބްރާހިމް މަހްދީ ހުސައިން، 'ހަބޭސް އިއްބެ' އެވެ. އޭނާ ލަނޑު ޖެހީ ނާއިޒް ހަސަން 'ދާދު' ދިން ބޯޅަ އަކުންނެވެ.

ރާއްޖޭގެ ދެ ވަނަ ލަނޑު އަލީ ފާސިރު 'ސެންޓޭ' ކާމިޔާބު ކުރީ އޭނާ އާއި އެއް ރަށަކަށް ނިސްބަތްވާ، ހަމްޒާ މުހައްމަދު 'ހަމްޕް' ދިން ހިތް ގައިމު ޕާހަކުންނެވެ. ހަމްޕް އާއި ސެންޓޭ އަކީ ބ. އޭދަފުއްޓަށް އުފަން ދެ ކުޅުންތެރިންނެވެ.

ރާއްޖެއިން ވަނީ، މުބާރާތް ކުރިއަށް ގެންދިޔަ، ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ތިން ފަހަރު ފައިނަލު ކުޅެފަ އެވެ. އެއީ 2003، 2009، 2018 އެވެ. ދެހާސް ނުވަ ވަނަ އަހަރުވެސް ރާއްޖެ ފައިނަލުގައި ނިކުތީ އިންޑިއާ ދެކޮޅަށެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޢުފާ

ޢަހަރުމެންގެ ރައީސް ވަރަށް ހެޔޮފުޅުވާނެ. ދިވެހިން އުފާ ފާޅުކުރުމަށްޓަކައި މާދަމާ ބަންދުކޮށްދެއްވާނެ.

ހުށޭނު

އެއީ މަ ބުނި ވާހަކަ! މޮޅު ވިޔަސް ނުވިޔަސް ސެގަޓަށް ފުރުސަތެއް ދޭށޭ! އެއޮތީ ޅަޓީމު ގޮވައިގެން ގޮސް މޮޅުވެފަ.. ދެން ކީކޭ ކިޔާނީ؟ ސެގަޓަކީ މޮޅު ކޯޗެއް! ކޯޗުކަން ކުރާހާ ގަޓު ހުރި މީހެއް!

ޖުލައި

ރައީސް. މާދަމާ ބަންދުތަ؟

މަރުޙަބާ

ޤައުމީ ޓީމަށް މަރްޙަބާ!ބ

ޓަށި

މާދަމާ ރަސްމީ ބަންދުތަ؟

ބޭބެ މޫން

މިފަހަރު ތަފާތުކޮއްލަން ބޭބެ ބަންދު ކޮއްފަވާނީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345