ވިޔަފާރި

ރަންވޭ ހުޅުވަން މާދަމާ ސިފައިންގެ ޕެރަޖަންޕާއެކު އެއާޝޯއެއް

އާ ރަންވޭ ހުޅުވުމުގެ ގޮތުން ދިވެހި ސިފައިންގެ ޕެރަޖަންޕާއެކު އެއާ ޝޯއެއް މާދަމާ އޮންނާނެ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި އާރަންވޭ ހުޅުވުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ތަފާތު ހަރަކާތްތަކެއް އޮންނާނެ އެވެ. މިގޮތުން އެންމެ ހާއްސަ އެއް ހަރަކާތަކަށް ވެގެންދާނީ މިހާރު އުފައްދާފައިވާ އެންމެ ބޮޑެތި ބޯޓުތަކުގައި ތެރޭގައި ހިމެނޭ އޭ 380 މަރުކާރުގެ ބޯޓެއް މާލެ މަތިން ވަރަށް ތިރިން އުދުހިފައި ގޮސް ރަންވޭގައި ޖެއްސުމެވެ. މަންޒަރު ބަލަން ނުކުންނަ މީހުންނަށް ރީއްޗަށް ފެންނަހާ ތިރިން މި ބޯޓް ދުއްވާނީ ދިވެހި ޕައިލެޓެކެވެ.

އެނގިފައިވާ ގޮތުގައި މި ހަފުލާގައި އިތުރު ސަޕްރައިޒް ކަންތައްތަކެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން އެއް ފަހަރާ ގިނަ އަދަދެއްގެ އެއާޓެކްސީ ވަރަށް ތިރިން އުދުހު، އެއާޝޯއެއް ބާއްވާނެ އެވެ. އަދި ދިވެހި ސިފައިގެން ތެރޭގައި ހިމެނޭ ވައިކުޑަ އިން ފުންމުމުގެ ހުނަރު ލިބިފައިވާ ސްޕެޝަލް ފޯސަސްގެ ހާއްސަ ހަރަކާތްތަކެއްވެސް ހިމެނެ އެވެ.

ޕަރަޖަމްޕިން ވީޑިއޯއެއް

ދުނިޔޭގެ އެންމެ ބޮޑެތި ބޯޓު ފަހަރަށް ޖެއްސޭ "ކޯޑް އެފް" ސްޓޭންޑަޑްގައި ހަދާފައިވާ އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އެންމެ ބޮޑެތި ބޯޓު ފަހަރަށް ޖެއްސޭގޮތަށް ފަރުމާކޮށްފައިވާ މި ރަންވޭގެ ބޯމިނުގައި 200 މިލިމީޓަރު ހުންނާނެ އެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ. މި ލޯނު އެއްބަސްވުމުގައި ސޮއިކުރީ 8، ޑިސެމްބަރު 2015 ވަނަ އަހަރު އެވެ. އަދި ރަންވޭ އަޅާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 25، ޖުލައި 2016 ގަ އެވެ. މަސައްކަތް ފައްޓަވައި ދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ. ރަންވޭ އަޅަން 60 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.