ވިޔަފާރި

ރެއިންބޯއިން ދޭނީ "ޗާލު ބަދިގެ"އެއް!

ބަދިގެ އާކުރަން ބޭނުންވެ، ނުކުރެވިފައިތިބި މީހުންނަށް ރެއިންބޯ އިން މިވަނީ ރަނުގެ ފުރުސަތެއް ހުޅުވާލާފަ އެވެ.

ރެއިންބޯގެ "ޗާލު ބަދިގެ" މިހާރު ލޯންޗުކޮށްފައިވާއިރު މި ފުރުސަތުގައި ހޮވޭ ނަސީބުވެރި ފަރާތަކަށް ރެއިންބޯއިން ފުލް ބަދިގެސެޓެއް ހަދިޔާކުރާނެ އެވެ. ބަދިގެ ސެޓްގެ ކުލައާއި މެޓީރިއަލާއި ޑިޒައިން އެމީހަކު ބޭނުން ގޮތަކަށް އިހްތިޔާރުކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

"ޗާލު ބަދިގެ" ފުރުސަތު ކުރިއަށްދާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުވާ ފަރާތްތަކުން މިހާރު ގޭގައި ހުންނަ ބަދިގެ ފޮޓޯ ނެގުމަށްފަހު ރެއިންބޯގެ ފޭސްބުކް ޕޭޖަށް ޕްރައިވެޓް މެސެޖެއް ކޮށްލާށެވެ. އޭރުން ޕްރޮމޯޝަންގައި ބައިވެރި ވެވުނީ އެވެ.

މި ޕްރޮމޯޝަންގައި ރެއިންބޯއިން ދޭ ބަދިގެ ސެޓް ގެ ވެރިފަރާތް ހޮވާނީ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު އެވެ. އިނާމްގެ ވެރިފަރާތް ކަނޑައަޅާނީ އެކަމަށް ހާއްސަ ޖަޖުންގެ ޕެނަލަކުންނެވެ.

ރެއިންބޯއިން ބުނީ މި ފުރުސަތުގައި ރެއިންބޯގެ މުވައްޒަފުންނާއި އާއިލާގެ މެންބަރުންނަށް ބައިވެރި ނުވެވޭނެ ކަމަށެވެ.