ބޮލީވުޑް

ސަލްމާން އަނެއްކާވެސް އާ ކުދިން ބޮލީވުޑަށް ނެރެދެނީ

އާ ކުދިން ބޮލީވުޑަށް ނެރެދިނުމުގައި ސަލްމާން ޚާން ބޮޑު ރޯލެއް އަދާކުރެ އެވެ. އޭނާ ތައާރަފުކޮށްދިން ގިނަ ކުދިންނަކީ މިއަދު ބޮލީވުޑްގައި ކާމިޔާބު އެކްޓަރުންނެވެ. އަނެއްކާވެސް އާ ދެ ކުދިން ނެރުމަށް އޭނާ ހުރީ ތައްޔާރަށެވެ.

މިފަހަރު ތައާރަފުކޮށްދެނީ ކުރީގެ މަޝްހޫރު ބަތަލާ ނުތަންގެ މާމާ ދަރިފުޅު، ޕްރާނުތަން ބާލް އާއި ސަލްމާންގެ ކުޑައިރުގެ ރައްޓެއްސެއްގެ ދަރިއެއް ކަމުގައިވާ ޒަހީރް އިގްބާލް އެވެ. ނުތަންއަކީ މަޝްހޫރު އެކްޓަރު މޮނީޝް ބާލްގެ ދަރިއެކެވެ. މޮނީޝް ވަނީ ސަލްމާންއާއެކު ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ.

ޒަހީރް ބޮލީވުޑަށް ތައާރަފުކުރާނެކަން މީގެ ކުރިން ސަލްމާން ވަނީ ހާމަކޮށްފަ އެވެ. ޒަހީރްއާއެކު ޕްރާނުތަން ފެނިގެންދާނެކަން ސަލްމާން ހާމަކުރީ މީގެ ދެ ދުވަސްކުރިން ކުރި ޓުވީޓެއްގަ އެވެ.

މި ފިލްމަށް ކިޔާ ނަމެއް އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް އަޑުފެތުރިފައިވާ ގޮތުންނަމަ މި ފިލްމަށް ކިޔަނީ "ޒަހީރޯ" އެވެ. ލޯބީގެ މި ފިލްމު ޝޫޓުކުރަނީ ކަޝްމީރްގައި އެވެ. ނިތިން ކައްކަރު ޑައިރެކްޓުކުރާ މި ފިލްމު ކޯ ޕްރޮޑިއުސްކުރާނީ މުރަދު ކެތާނީ އާއި އަޝްވިން ވަރްދޭ އެވެ.