ހަބަރު

ރައީސް ޔާމީން ހޮވައްވާ، ތަރައްގީ ގެނެސްދޭނެ: ނައިބު ރައީސް

ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ހަލުވި ތަރައްގީއަކީ އޭގެ ކުރީ އަހަރުތަކާއި އަލާ ބަލާ އިރު ނުބައްދަލު ތަރައްގީއެއް ކަމަށާއި، ހިތަށް ތަސައްވަރު ނުކުރެވޭވަރަށް ރައީސް ޔާމީން ވަނީ ތަރައްގީ ދައްކަވާފައި ކަމަށް ނައިބް ރައީސް އަބުދުﷲ ޖިިހާދު ވިދާޅުވެއްޖެ އެވެ.

"ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫއު އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ނައިބް ރައީސް ޖިހާދު ވިދާޅުވީ، ރައިސް ޔާމީންގެ ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެ އައިސްފައިވާ ހަލުވި ތަރައްގީއަކީ މީގެކުރިޔާ އަޅާބަލާއިރު ނުބައްދަލު ތަރައްގީއެއް ކަމަށެވެ.

"ވަރަށް ކުރި މުއްދަތެއްގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ މަސައްކަތް އެހުރީ ފެންނަން، ހިތްތަކަށް ތަސައްވުރު ނުކުރެވޭ ވަރަށް އެހުރީ ތަރައްގީ ގެނެސްދީފަ، ބްރިޖަށް އެކަނި ބަލާލުމުން ވެސް އެކަން އެނގިގެންދޭ،" ޖިހާދު ވިދާޅުވި އެވެ.

ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ބޯހިޔާވަހިކަމެއް ހޯދައިދިނުން ކަމަށާއި، ރާއްޖޭގެ ތަރައްގީއަށް ރައީސް ޔާމީން ފައްޓަވާފައިވާ މަަސައްކަތްތައް ނިންމުމަށްޓަކައި ރައީސް ޔާމީނަށް އިތުރު ރިޔާސީ ދައުރެއް ދޭން ޖެހޭ ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ އުމްމީދެއް ކަމަށްވެސް ޖިހާދު ވަނީ ވިދާޅުވެފައެވެ.

ނައިބް ރައީސް ޖިހާދު ވިދާޅުވީ، އެ މަޝްރޫއުއަކީ ތިން ލައްކަ ވިހިހާާސް މީހުންގެ އާބާދީއަކަށް ޓާގެޓްކޮށްގެން ހިންގާ މަޝްރޫއު އެއް ކަމަށާއި، ރައީސް ޔާމީން އެ މަޝްރޫއު ފެށުމަށް ނިންމާފައިވަނީ މާލެ ތޮއްޖެހުމާއި، ކުދިކުދި ތަންތަނުގައި މީހުން ދިރިއުޅެމުންދާ ދިއުން ނިމުމަކަށް ގެނައުމަށް ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ކޮންމެ ސަރުކާރަކަށްވެސް ދިމާވާ ގޮން ޖެހުމެއް، އަދި ގައުމީ ބޮޑު މައްސަލައެއް ކަމަށް ޖިހާދު ވަނީ ވިދާޅުވެފަ އެވެ. ރާއްޖެތެރޭގައި ވަރަށް ހާލުގައި މީހުން ދިރިއުޅެމުންްދާތަން ފެންނަ ކަމަށާއި، ދިރިއުޅުމެއް ފަށައިގެން އުޅެން ޖެެހެނީ ވަރަށް ކުޑަ ތަންކޮޅެއްގައި ކަމަށާއި، އެތަނުގައި އުޅެން ޖެހެނީ ހާސް ކަމެއްގައި ކަމަށެވެ.

އެކަންކަން ހައްލު ކުރުމަށް ރައީސް ޔާމީން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި، އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހިވެސް ތަރައްގީ ކުރަމުން ދަނީ އެކަންކަން ހައްލު ކުރުމަށްކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފަ އެވެ.