ހަބަރު

ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަނީ

ދަތުރު ކުރަމުންދިޔަ ދޯންޏަކުން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ސިފައިން މިރޭ ފަށައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ ގެއްލުނު މީހާ ދަތުރު ކުރަމުން ދިޔައީ އއ. ސަފާރީ އައިލެންޑް ރިސޯޓުން މާލެއަށް ދަތުރު ކުރަމުންދިޔަ "މިންވަރު" ނަމަކަށްކިޔާ ދޯންޏެއްގައި ކަމަށެވެ.

އެ ސަރަހައްދުގައި މިހާރު ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. ގެއްލުނު މީހާގެ އެއްވެސް މައުލޫމާތެއް އަދި ސާފެއް ނުވެ އެވެ.