ނިއުރޭޑިއަންޓް

ސޮބާ އެނބުރި ނިއު ރޭޑިއަންޓްގެ ކޯޗު ކަމަށް

ތިން އަހަރު ކުރިން، ނިއު ރޭޑިއަންޓަށް ކޯޗް ކޮށްދިން، ސޮބާހް މުހައްމަދު އިބްރާހިމް އަލުން ނިއުގެ ކޯޗު ކަމާ ހަވާލު ވެއްޖެ އެވެ.

މިދިޔަ ދޮޅު އަހަރު ނިއުގެ ކޯޗްގެ މަގާމު ފުރި، ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރަސް ވަނީ، ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސްގެ ކޯޗް ކަމާ ހަވާލުވެފަ އެވެ. ބަންގުލަދޭޝްގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން، ޕްރީ ސީޒަން މެޗެއް ކުޅުމަށްޓަކައި، ބޮށުންދަރާއިން ވަނީ، ނިއު އަށް ދައުވަތު ދީފަ އެވެ. އެ މެޗު ކުޅުމަށްޓަކައި، ނިއުގެ ޓީމު ވަނީ މިހާރު ބަނގުލަދޭޝްއަށް ގޮސްފަ އެވެ.

ޓީމުގެ ކޯޗުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް، ސޮބާ ވެސް މިހާރު ހުރީ ބަނގުލަދޭޝްގައެވެ. ސޮބާގެ ކޯޗިން ކެރިއާ ފެށީވެސް ނިއުއިންނެވެ. ދެހާސް ފަނަރަ ވަނަ އަހަރު، ސޮބާ ނިއުގެ ކޯޗު ކަމާ ހަވާލުވީ، އޭރު ނިއު އަށް އިރުޝާދު ދިން ފިންލެންޑްގެ މިކާ ލޮންސްޓްރޮމް ވަކި ކުރުމަށް ފަހު، އެ ހޭދަވި މުއްދަތުގަ އެވެ. ލޮންސްޓްރޮމްއަށް ފަހު ނިއުގެ ކޯޗް ކަމުގެ މަސްއޫލިއްޔަތު އިސްމާއީލް އަނިލްއާވެސް ހަވާލު ކުރި އެވެ. ސޮބާ އާ ހަވާލު ކުރީ އޭގެ ފަހުންނެވެ.

ސޮބާގެ ކޯޗު ކަމުގައި އޭނާ ވަނީ، ނިއު ރޭޑިންޓް، އެ އަހަރުގެ ޕްރެޒިޑެންޓް ކަޕުގެ ފައިނަލަށް ގެންގޮސްފަ އެވެ. އަދި އެ މުބާރާތަށް ފަހު އޭނާ ޓީމުން ވަކި ވި ނަމަވެސް، އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގްގެ އެއް ވަނަ އަށް ނިއު ގެންގޮސްދިނީ ސޮބާގެ ކޯޗު ކަމުގެ ދަށުންނެވެ. ލީގް ނިއު އަށް ހޯދައިދިނީ ސޮބާއަށް ފަހު ނިއުގެ ކޯޗް ކަމާ ހަވާލުވި ސާމިއާ ނިކޮލާ ކަވަޒޮވިޗް އެވެ. އޭއެފްސީ ކަޕުގައި ނިއު އަށް ފަސް ޕޮއިންޓް ހޯދައި ދިނެވެ.

މި ސީޒަން ސޮބާ ފެށީ، ކުލަބު ވެލެންސިއާގެ ކޯޗު ކަމުގައެވެ. ނަމަވެސް އޭނާއަށް އެ ކުލަބާއެކު ކާމިޔާބު ނުހޯދުނެވެ. ކުލަބުވީ ރެލިގޭޓެވެ. ދެހާސް ސޯޅަ ވަނަ އަހަރު، ކުލަބު ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޝަނަށް ކޮލިފައި ކޮށްދިނެވެ. ފުރަތަމަ ޑިވިޝަންގައި ގްރީންއަށް، މިދިޔަ އަހަރު މާލޭ ލީގްގެ ދެ ވަނަ ހޯދައިދިނެވެ.