ހަބަރު

ކަނޑަށް ވެއްޓި ގެއްލުނު މީހާ ފެނިއްޖެ، ހާލު ރަނގަޅު

ރޭގެ ވަގުތެއްގައި ކަނޑަށް ވެއްޓި ގެއްލުނު މީހާ މިއަދު ފެނިއްޖެ އެވެ. ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ.

އެމީހާ ދަތުރު ކުރަމުން ދިޔައީ އއ. ސަފާރީ އައިލެންޑް ރިސޯޓުން މާލެއަށް ދަތުރު ކުރަމުންދިޔަ "މިންވަރު" ނަމަކަށްކިޔާ ދޯންޏެއްގަ އެވެ. އޭނާ ގެއްލުނު ވަގުތުން ފެށިގެން ކޯސްޓްގާޑުން ދިޔައީ ކަނޑު މަގުންނާއި ވައިގެ މަގުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފްއިން މިއަދު ބުނި ގޮތުގައި ގެއްލުނު މީހާ މިއަދު ފެނުނީ ކަނޑުމަތީގައި އޮތްވާ ކަމަށެވެ. އެމީހާ ފެނުނީ އެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ލޯންޗަކަށް ކަމަށެވެ.