މި މައްސަލަ ދިމާވެފައިވާ ނުވަތަ އާންމުކޮށް ދިމާވާ އަންހެނެއް ނަމަ މި ވޭނުގެ އަސްލު ގުޅިފައި ވަނީ ކޮންމެވެސް އިންފެކްޝަނަކާ އެވެ. ނަމަވެސް ހުރިހައި ހާލަތެއްގައި މި ތަދުގެ އަސްލަކީ މިއީއެއް ނޫނެވެ.
ބްލެޑާގައި ރިއްސުމަކީ ބައެއް ފަހަރަށް ނިކަން އާދައިގެ އިންފެކްޝަނެއްގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެ އެވެ. އަދި އެހެންމެ ނުރައްކާތެރި ބައްޔެއްގެ އަލާމާތަކަށް ވެސް ވެދާނެ އެވެ. މިސާލަކަށް ބްލެޑާގައި ރިއްސުން އެންމެފަހުން ކެންސަރަށް ވެސް ބަދަލުވެދާނެ އެވެ.
އެކަމަކު މިފަދަ ވޭނެއް ތަޖުރިބާކުރަން ޖެހިފައިވާ މީހުންނަށް އޮތް އުފާވެރި ޚަބަރަކީ ބްލެޑާ އަށް ކެންސަރު ޖެހުމަށް އޮންނަނީ ވަރަށް ވެސް ހަނި ފުރުސަތެއް ކަމެވެ.
ނަމަވެސް މީގެ މާނަ އަކީ ބްލެޑާގައި އަޅާ ވޭނެއްގެ ސަބަބުން ދަށްބަނޑުގައި ރިއްސާ ނަމަ އެކަމާ އަޅާނުލައި ފަރުވާކުޑަކޮށްލާ ވާހަކައެއް ނޫނެވެ. މިސާލަކަށް ބްލެޑާގައި ތަދެއް އުޅެ، ކުޑަކަމުދާއިރު އެ ތަދާ އެކު އަންނަ ކުޑަކަމުދާ އެއްޗެހީގައި ލޭގެ އަސަރު ހުރެއްޖެ ނަމަ ވެސް ލަސްނުކޮށް ޑޮކްޓަރެއްގެ ސަމާލުކަން ހޯދުން މުހިންމެވެ.
މިފަދަ ހާލަތެއްގައި މައްސަލަ މާ ބޮޑަށް ގޯސްވެއްޖެ ނަމަ ތިރީގައި ފާހަގަކޮށްފައި މިވާ ފަދަ ސީރިއަސް މައްސަލަތަކެއް ދިމާވުމުގެ ފުރުސަތު އެބައޮތެވެ.
ނުވަތަ ބައެއް ފަހަރު މި މައްސަލަ އަށް ޑޮކްޓަރުން ބްލެޑާ އިންފެކްޝަން އެވެ. މިއީ ކުޑަކަމުދާ ނިޒާމުގެ އެންމެ އާންމު ބައްޔެވެ. އަދި ފާހަގަކޮށްލަން ޖެހެނީ ފިރިހެނުންނަށް ވުރެ އަންހެނުންނަށް މީގެ ނުރައްކާ ބޮޑުވެފައި އަންހެނުންގެ މެދުގައި މި މައްސަލަ ބޮޑު ކަމެވެ.
ސަބަބަކީ އަންހެން މީހާގެ ހަށިގަނޑުން ބޭރުކުރާ ކުޑަކަމުދާ ތަކެތި ދަތުރުކުރާ މަގާއި ބޭރުކުރާ ދޮރު ބެކްޓީރިއާގެ އާންމު މާހައުލުތަކާ މާ ބޮޑަށް އަވަށްޓެރިވީމަ އެވެ. އެ އަވަށްޓެރިންނަކީ ފުރަގަސްފަރާތާއި ކުރިމަތީފަރާތެވެ.
ޔޫރިން އިންފެކްޝަން ނުވަތަ ބްލެޑާ އިންފެކްޝަނަކީ ކޮންމެ އުމުރެއްގައި ވެސް ދިމާވެދާނެ މައްސަލައެކެވެ. ހާއްސަކޮށް ފުރާވަރުގެ އަންހެން ކުދިންނާއި ޒުވާން އަންހެން ކުދިންގެ މެދުގައި މި މައްސަލަ ބޮޑުކަމަށް ފާހަގަކުރެވެ އެވެ.
އާންމުކޮށް މި މައްސަލަ ދިމާވެގެން ޑޮކްޓަރަށް ދެއްކީމަ ޓެސްޓްތަކެއް ހެދުމަށް ފަހު ދޭނީ އެންޓިބަޔޯޓިކްސް ބޭހެކެވެ.
އޭގެ ސަބަބުން ދެ ތިން ދުވަސް ތެރޭގައި އާންމުކޮށް މި އުނދަގުލުން ސަލާމަތްވެވިދާނެ އެވެ.
އިތުރު ފަސޭހަ އަށް އެދޭ ނަމަ ވީހާ ވެސް ގިނަގިނައިން ދިޔާ ތަކެތި ހަށިގަނޑަށް ނެގުން ވަރަށް ވެސް މުހިންމެވެ.
މިއީ ބްލެޑާގެ އެތެރޭގައި ފާރު އުފެދި ގިނަ ދުވަސްތަކެއް ވަންދެން އެ ފާރުގަނޑުތައް ރަނގަޅުނުވެ ހުރުމުގެ ސަބަބުން މެދުވެރިވާ ހާލަތެކެވެ. މި ހާލަތުގައި ބްލެޑާގައި އަޅާ ވޭން ވަރަށް ވެސް ގަދަވާނެ އެވެ.
ބްލެޑާގައި މާ ގަދަ އަށް ރިއްސާ ނަމަ އެއީ އިންޓާސްޓިޓަލް ސިސްޓީޓިސްގެ ސަބަބުން އަރާ ތަދެއްކަން އަމިއްލަ އަށް ދެނެގަނެވޭނެ ގޮތްތަކެއް ވެސް އެބަހުއްޓެވެ. މިސާލަކަށް ޕީރިއަޑްގެ ހާލަތުގައި ތަޖުރިބާކުރަން އެ ޖެހޭ ތަދަށް ވުރެ ސިސްޓީޓިސް ނުވަތަ ބްލެޑާގައި ތެރޭގައި ފާރު އުފެދިގެން އަރާ ތަދު މާ ބޮޑުވާނެ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ އިންޓާސްޓިޓަލް ސިސްޓީޓިސް އަކީ އިންފެކްޝަނެއްގެ ސަބަބުން ދިމާވާ މައްސަލައެއް ނޫން ކަމެވެ. މީގެ އަސްލު ސަބަބެއް ކަމާ ބެހޭ ތަޖުރިބާކާރުންނަކަށް ވެސް އަސްލު ނޭނގެ އެވެ.
އާންމުކޮށް މި މައްސަލަ ދިމާވެގެން ދޭ ފަރުވާ އަކީ ބްލެޑާ ސާފުކުރުމުގެ ފަރުވާ އެވެ. އަދި މާ ބޮޑަށް މައްސަލަ ގޯސްވެއްޖެ ނަމަ އޮޕަރޭޝަނެއްކޮށް ބްލެޑާ ނަގައި އެއްލާލައިގެން ނޫނީ މި ވޭނަކުން އަރައެއް ނުގަނެވޭނެ އެވެ.
މިއީ ވެސް ބްލެޑާގައި އާދަޔާހިލާފަށް ވޭންވަރު ގަދަވެދާނެ ކަމެކެވެ. ހާއްސަކޮށް އަންހެން މީހާގެ ކުރިމަތީފަރާތުގެ ހަމުގެ ފަށަލަ ތުނިވުމަކީ ވެސް މިކަމުގެ ސަބަބެއް ކަމަށް ވެދާނެ އެވެ.
މިފަދަ ހާލަތެއްގައި، އަންހެން ޖިންސީ ހޯމޯންސް އުފެއްދުމަށް ބޭސް ނަގައިގެން ވެސް މާ ބޮޑު ފަރުވާއެއް ނުލިބިދާނެ އެވެ. ނަމަވެސް އެ ހޯމޯންސް އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވާ އެސްޓްރޯންގެ ކްރީމް ކުރިމަތީފަރާތުގައި އުނގުޅައިގެން ތަދުކުޑަކޮށްލެވިދާނެ އެވެ.
މިއީ ވަރަށް ނުވާ ކަމެކެވެ. ހާއްސަކޮށް އަންހެނުންނަށް މި ނުރައްކާ ވަރަށް ކުޑަ އެވެ.
ބްލެޑާ އަށް ކެންސަރު ޖެހިފައިވާކަމުގެ އެންމެ ފުރަތަމަ އަލާމާތަކަށް ވާނީ ކުޑަކަމުދާއިރު ލޭ އައުމެވެ. އަދި ކުޑަކަމުދާއިރު ނިކަން ބޮޑަށް ވޭން އަޅާނެ އެވެ. ހީވާނީ ގައިގެ ތަންގަނޑަކުން ހަންގަނޑު ދަމާލާހެންނެވެ.
ބްލެޑާ އަށް ކެންސަރު ޖެހިއްޖެ ނަމަ އޮޕަރޭޝަންކޮށް ބްލެޑާ ނަގައިލެވިދާނެ އެވެ. ކީމޯތެރަޕީ އާއި ރޭޑިއޭޝަން ތެރަޕީ އަކީ ވެސް މަޝްހޫރު ފަރުވާ އެވެ. އެންމެ ބުއްދިވެރި ގޮތަކީ އަލާމާތްތަކެއް ފެންނައިރަށް ފަރުވާ ހޯދައިގެން ކެންސަރުގެ ޓިއުމަރުތައް ވަކިވަކިން ނަގާލުމެވެ.
މިހުރިހައި ވާހަކަ އަކަށް ފަހު އަންހެނުންނަށް އޮތް ނަސޭހަތަކީ ބްލެޑާގެ މިފަދަ އެއްވެސް މައްސަލައެއްގައި އަމިއްލަ އަށް ފަރުވާ ނުނެގުމަށް ދޭ ނަސޭހަތެވެ. ވަގުތީ ހައްލެއް ކޮންމެ މީހަކަށް ވެސް ހޯދިދާނެ އެވެ. ނަމަވެސް ތަޖުރިބާކާރަކަށް ދައްކައިގެން ވާ ގޮތް ރަނގަޅަށް ބެލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.