ވިޔަފާރި

އޭޝިޔާގެ ފުރަތަމަ ފްރީ ޑައިވިން ޗެންޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަނީ

އޭޝިޔާގައި ބާއްވާ ފުރަތަމަ ފްރީ ޑައިވިން ޗެންޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ތައްޔާރުވަމުދާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން( އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީން ބުނީ އަންނަ އަހަރު ރާއްޖޭގައި ފާހަގަކުރާ "ވިޒިޓް މޯލްޑިވްސް އިޔާ 2016" އާ ދިމާކޮށް "އައިލެންޑް ބްލޫ" ގެ ނަމުގައި ބާއްވާ މި މުބާރާތަކީ ފްރީޑައިވިން ތަމްސީލްކުރާ ޖަމިއްޔާ އޭއައިޑީއޭ ގަބޫލުކުރާ މުބާރާތެއް ކަމަށާއި، މި މުބާރާތުގައި ދުނިޔޭގެ މަޝްހޫރު ފްރީޑައިވަރުން ބައިވެރިވާނެ ކަމަށެވެ. އަދި މި މުބާރާތުގައި ގިނަ އިނާމުތަކެއް ދެވޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތު ވިދާޅުވީ އަންނަ އަހަރު ފާހަގަ ކުރާ "ވިޒިޓް މޯލްޑިވްސް އިޔާ" ގައި 1.5 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާ ކަމަށެވެ.

"މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތައް ރާވައިގެން ކުރިއަށް ގެންދާނީ،" ޒިއަތު ވިދާޅުވި އެވެ.

އަންނަ އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި؛

އެމްއެމްޕީއާރުސީގެ ޑިރެކްޓަރު މުހައްމަދު އަސީލް ވިދާޅުވީ އަންނަ އަހަރަކީ ރާއްޖޭގައި "ހިލޭ ޗުއްޓީ ހޭދަ ކުރުމަށް" ގިނަ ފުރުސަތުތަކެއް ހުޅުވާލާނެ އަހަރެއް ކަމަށެވެ.

"ސޯޝަލް މީޑިޔާއާއި މި ނޫންވެސް ގޮތް ގޮތުން ބާއްވާ މުބާރާތްތަކުން ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތުތަކެއް ލިބޭނެ،" އަސީލް ވިދާޅުވި އެވެ.