ވިޔަފާރި

އާ ސަރުކާރުގެ ސިޔާސަތުތައް ހިމަނައިގެން ބަޖެޓް އެކުލަވާލަނީ

Sep 26, 2018

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތު ހިމައިގެން އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީއިން ރާއްޖެ އޮންލައިނަށް ބުނީ އާ ބަޖެޓުގެ ބޭސް ލައިންސްގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެކަން ކުރުމުގައި އާ ސަރުކާރަށް ވަގުތު ދީގެން އެކަންކަން ކުރެވޭނެ ގޮތްތަކެއް ބަލަމުންދާ ކަމަށް ބުނެފައިވެ އެވެ.

ގާނޫނުގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ބަޖެޓު އޮކްޓޫބަރު 31 ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހެ އެވެ.

މި ހިނގާ އަހަރަށް ސަރުކާރުން ފާސް ކޮށްފައިވަނީ މަޖިލީހަށް ހުށަހެޅީ 28 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ، 24.9 ބިލިއަން ރުފިޔާ އެވެ. އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ ބަޖެޓްގެ ދަރަނި ވެސް 2.5 ބިލިއަން ރުފިޔާ އަށް
(ޖީޑީޕީގެ ނިސްބަތުން 3.8 ޕަސެންޓް) އެވެ.